ޔަންގް ފިޝާސް ކްލަބުގެ ސްޕޮންސަރިން ޕާޓްނަރަކަށް ދިރާގު

thumbnail_dhiraagu-young-fishers-club-4

މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަނުން ރާއްޖޭގެ ސްކޫލްތަކުގައި ފެށުމަށް ހަމަޖައްސާފައިވާ ޔަންގް ފިޝާސް ކްލަބްގެ ސްޕޮންސަރިން ޕާރޓްނައެއްގެ ގޮތުގައި ދިރާގު ހަމަޖައްސައިފި އެވެ.

މި އެއްބަސްވުމުގައި ދިރާގުގެ ފަރާތުން އިއްޔެ ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް މާކެޓިން އޮފިސަރު އިޒަބެލް ހާޖްރީ އެވެ. އަދި ފިޝަމެންސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޝާކިރު މުހައްމަދެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރި ކުރުވާ ޒުވާނުނަން ތަފާތު ގިނަގުނަ ތައުލީމީ ފުރުސަތުތައް ހޯދައިދިނުމަކީ ވަރަށް ބޮޑަށް އަހަންމިއްޔަތު ކަމެއް ދޭ ކަންތައްތަކެވެ.
“އެގޮތުން ދިރާގުން ޔަންގް ފިޝާސް ކްލަބުގެ ޑިވެލޮޕްމެންޓް ޕާޓްނަރެއްގެ ގޮތުން ބައިވެރި ވީ މި ކްލަބު ގެ ދަށުން ރާއްޖޭގެ އެކި ހިސާބު ތަކުގައި ދިރިއުޅޭ ޒުވާނުންނަށް މަސްވެރި ކަމުގެ ދާއިރާއިން ތަފާތު ތައުލީމީ ފުރުސަތުތަށް ހޯދައިދިނުމުގެ ބޭނުމުގައި،” ދިރާގުން ބުންޏެވެ.

ދިރާގާއިއެކު ކުރެވުނު މި އެއްބަސްވުމުގެ ދަށުން މި ކްލަބްގެ ފަރާތުން ދަރިވަރުންނަށާއި، ޓީޗަރުންނަށް ހިންގާ ތަފާތު ޙަރަކާތްތައް ހިންގުމުގައި ދިރާގުގެ ފަރާތުން މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އެގޮތުން ކޮމިއުނިކޭޝަން އާއި ޓެކްނޮލޮޖީއާއި ގުޅޭ ތަފާތު ހަރަކާތްތައް ހިންގުމުގައި ދިރާގުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައެވާކަމަށްވެސް ދިރާގުން ހާމަކުރެ އެވެ.

ޔަންގް ފިޝާސް ކްލަބް އަކީ މަސްވެރިކަމާއި، މަސްވެރިކަމާއި ގުޅުންހުރި ތަފާތު ދާއިރާތަކާއި، ކަނޑުތަކުގެ ތިމާވެށްޓާއި ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކޮށް އެ ދާއިރާތަކުން ބޭނުންވާ ހުނަރާއި، ތަމްރީން ފޯރުކޮށްދިނުމަށް ސްކޫލްތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ޚާއްޞާ ކްލަބެކެވެ. އެގޮތުން އެކްލަބްގެ ޙަރަކާތްތަކުގެ ތެރޭގައި، ތިމާވެއްޓާއި، ދެމެއްޓެނިވި މަސްވެރިކަމާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ނިޔަމިކަމާއި، މުވާޞަލާތީ ތަފާތުން ކަންތައްތަކާއިގުޅޭގޮތުން އެކިއެކި ޙަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ޔަންގް ފިޝާސް ކްލަބްގެ މަޤްޞަދަކީ މަސްވެރިކަމުގެ ސިނާޢަތުގެ މަސައްކަތްތަކަކީ ޕްރޮފެޝަނަލް މަސައްކަތްތަކަކަށް ހެދުމަށްޓަކައި އެކަމުގެ ޝައުޤާއި ހުނަރު ސްކޫލްތަކުގެ ދަރިވަރުންނަށް ފޯރުކޮށްދީ ޒުވާނުން މަސްވެރިކަމުގެ ދާއިރާގެ ވަޒީފާތަކަށް އަހުލުވެރިކޮށް ޝަޢުޤުވެރިކުރުވުމެވެ.

ދިރާގާއި ވެވުނު އެއްބަސްވުމުގައި ސޮއި ކުރައްވަމުން މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޝާކިރު މުޙައްމަދު ވިދާޅުވީ މަސްވެރިކަމުގެ މުސްތަޤްބަލު ވަނީ ތައުލީމީ ޤާބިލް ޒުވާނުން އެ މަސައްކަތުގައި ބައިވެރިވެ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކުރަން އަހުލުވެރިވުމުގެ މައްޗައް ކަމަށް ވީހިނދު، ޔަންގް ފިޝަރސް ކްލަބް ގެ ހަރަކާތްތަކުގައި ދިރާގު ފަދަ ޓެކްނޮލޮޖީ ގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޔެއްގެ އެހީތެރިކަން މި މަސައްކަތުގައި ލިބިގެން ދިޔުމަކީ މި މަސައްކަތް ކާމިޔާބު ކުރުމަށް މި އެސޯސިއޭޝަން އަށް ލިބިގެން ދިޔަ ވަރަށް ބޮޑު ބާރެއް ކަމަށެވެ.

ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ރާއްޖޭގެ ފަސް އަތޮޅެއްގެ ފަސް ސްކޫލްގައި ވޭތުވެދިޔަ އަހަރު އިފްތިތާޙްކުރެވުނު މި ކްލަބްގެ ޙަރަކާތްތައް މިއަހަރުގެ ތެރޭގައި ޢަމަލީގޮތުން ފެށުމަށް ވަނީ ހަމަޖެހިފައިވާކަމަށާއި މިއަހަރު މި ކްލަބްގެ ޙަރަކާތްތައް ހިންގުމަށް ރޭވިފައިވަނީ އައްޑު ސިޓީ މަރަދޫ ސްކޫލާއި، ގއ. އަތޮޅު ތަޢުލީމީ މަރުކަޒާއި ދ. އަތޮޅު ތަޢުލީމީ މަރުކަޒާއި ރ. ދުވާފަރު ސްކޫލްގެ އިތުރުން ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގައި ކަމުގައިވެސް އެ އެސޯސިއޭޝަނާ ހަވާލާދީ ދިރާގުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.