އޭދަފުށީ ދެކުނު ފަރާތުގައިވެސް ޕާކެއް ތަރައްގީ ކުރަނީ

އޭދަފުށީ ދެކުނު ފަރާތުގަިއ ކުޑަކުދިންތަކެއް ކުޅޭނީ. އެ ސަރަހައްދުގައި ޕާކެއް ތަރައްގީކުރަން އަމިއްލަ ފަރާތަކުންދަނީ މަސައްކަތް ކުރަމުން.. އީޓީ ފައިލް ފޮޓޯ
އޭދަފުށީ ދެކުނު ފަރާތުގަިއ ކުޑަކުދިންތަކެއް ކުޅޭނީ. އެ ސަރަހައްދުގައި ޕާކެއް ތަރައްގީކުރަން އަމިއްލަ ފަރާތަކުންދަނީ މަސައްކަތް ކުރަމުން.. އީޓީ ފައިލް ފޮޓޯ

އޭދަފުށީ އަމިއްލަ ފަރާތަކުން އިސްނަގައިގެން އަލަށް ހިއްކި ބިމުގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރަން ތައްޔާރުވެއްޖެ އެވެ.

ނަން ހާމަ ނުކުރުމަށްއެދި މިކަމުގައި އިސްކޮށް އުޅޭ ފަރާތަކުން “އީޓީ” އާ ވާހަކަ ދައްކަމުން ބުނީ މިހާރު ކުރިއަށްދަނީ ޕާކް ހެދުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމާއި، ޕާކަށް ބޭނުންވާ ތަކެތި ގެނައުމުގެ މަސައްކަތެވެ.

“ޕާކްގައި ބަހައްޓާ ތަކެތީގެ ފަންސާސް ޕަސެންޓް މިހާރުވާނީ ރަށަށް ގެންދެވިފަ. ހުއްދަތައް ހަމަޖެހުނުހާ އަވަހަކަށް ޑިޒައިންކުރުމުގެ މަސައްކަތް ފަށާނަން. އުއްމީދު މިކުރަނީ މި މަހުގެ ތެރޭގައި ހުއްދަތަށް ހަމަޖެހޭނެކަމަށް.” އޭނާ ބުންޏެވެ.

އީޓީއާ ވާހަކަދައްކަމުން އިތުރަށް އެ ފަރާތުން ހާމަކުރިގޮތުގައި ދެހާސް އަކަފޫޓްގެ ބޮޑުމިނުގައި ތަރައްގީކުރުމަށް ރާވާފައިވާ އެ ޕާކްގެ މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާނަމަ ކުރިއަށްއޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެތަނުގެ މަސައްކަތް ނިންމާލެވޭނެއެވެ.

“އަޅުގަނޑުމެން މަސައްކަތް މިކުރަނީ މާލޭގެ ކާނިވާ ސަރަހައްދުގައި ހުރި ފެންވަރުގެ ޕާކެއް ރަށުގައިވެސް ގާއިމްކުރަން.” ޕާކް ތަރައްގީ ކުރާ ފެންވަރާ ގުޅޭގޮތުން އޭނާ ބުންޏެވެ.

އަމިއްލަ ބަޔަކު އިސްނަގައިގެން ދާދި ފަހުންވަނީ އޭދަފުށީ ދެކުނު ފަރާތުގައި މޫދަށްއެރޭ ސަރަހައްދެއް ހަދައި އާއްމުން ގޮސް މަޑުކޮށްލެވޭގޮތަށް ފިނި މައިޒާނެއްވެސް ހަދައިފަ އެވެ. ޕާކު ތަރައްގީ ކުރާ ފަރާތުގެ ވިސްނުންވެސް ހުރީ އެ ސަރަހައްދާ ކައިރީގައި ޕާކު ތަރައްގީ ކުރުމަށެވެ.

އަމިއްލަ ފަރާތަކުން އޭދަފުށީ ހިއްކި ބިމުގައި ޕާކެއް ތަރައްގީ ކުރަން ނިންމާފައިވާއިރު، މިރަށު އުތުރުފަރާތު ދިގަލިގޭ ކުރިމަތީގައިވެސް ޕާކެއް ތަރައްގީކުރަން އޭދަފުށީ ޒުވާނުންގެ ކްލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ކްލަބުން ބުނީ މިމަހުތެރޭ އެ ޕާކުގެ މަސައްކަތް ފެށޭވަރުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.