“އީ-އެޓޯލްސް” ގައި އޭދަފުށީގެ އެޑްރެސްތައް ހިމަނައިފި

އީ-އެޓޮލްސް މެޕްގައި އޭދަފުށި ދައްކުވައިދޭ ޗާޓެއް
އީ-އެޓޮލްސް މެޕްގައި އޭދަފުށި ދައްކުވައިދޭ ޗާޓެއް

އޭދަފުށީގެ ހުރިހާ އެޑްރެސްތަކެއް މަގުތަކުގެ ނަމާއެކު އޮންލައިންކޮށް ހޯދާލަން ބޭނުން ހެއްޔެވެ؟ އެ ފުރުސަތު މިއޮތީ ހުޅުވިފަ އެވެ.

“އީއެޓޯލްސް” ގިއޯލޮކޭޝަން މެޕް ވެބްސައިޓް މެދުވެރިކޮށް މި ހިދުމަތް ހިލޭ ވަނީ ދޭން ފަށައިފި އެވެ.

ދެހާސް ހަތްވަނަ އަހަރު ވުޖޫދަށް އައި އީއެޓޯލްސް ވެބްސައިޓްގައި ސާޗްކޮށްލައިގެން މި ވަގުތު އޭދަފުށީގެ 558 އަށްވުރެ ގިނަ އެޑްރެސްގެ މައުލޫމާތު މަގުގެ ނަމާއެކު ޗާޓުން ދައްކާލަ އެވެ. މި ހިދުމަތް އީއެޓޯލްސް އެންޑްރޮއިޑް އެޕްލިކޭޝަން މެދުވެރިކޮށްވެސް ލިބެ އެެވެ.

“މިހާރު ރަށްރަށުގެ އެޑްރެސް އެއްޗެއް ހޯދަން ވެއްޖިއްޔާ ވަރަށް ދަތި، އެހެންވެ މިކަން ކުރާނެ އެހެން ގޮތެއް ނެތީމަ އައި ހިޔާލެއް މިއީ. މި ވެބްސައިޓުގައި ހުރިހާ ރަށެއްގެ އެޑްރެސްތައް ހިމެނުމުން އެޑްރެސްތައް ހޯދަން ވަރަށް ފަސޭހަވާނެ،” އީއެޓޯލްސްގެ އޮފިޝަލަކު ވިދާޅުވި އެވެ.

އީއެޓޯލްސްއިން ގިއޯލޮކޭޝަން މެޕްއިން މިވަގުތު އޭދަފުށީގެ އިތުރުން ހއ. ދިއްދޫ އާއި ށ. މިލަންދޫގެ އެޑްރެސްތަކުގެ މައުލޫމާތުގެ އިތުރުން މާލޭގެ 8000 އަށްވުރެ ގިނަ އެޑްރެސްގެ މައުލޫމާތު ލިބެ އެވެ.

އީއެޓޯލްސް އިން ބުނީ ކުރިއަށްތަނުގައި އިތުރު ރަށްތަކުގެ އެޑްސްތަކުގެ މައުލޫމާތާއެކު އަޕްޑޭޓް ކުރަމުންދާނެ ކަމަށެވެ.


އީއެޓޯލްސް ވެބްސައިޓް ލިންކް

އީއެޓޯލް އެންޑްރޮއިޑް އެޕްލިކޭޝަން ޑައުންލޯޑްކުރުމަށް

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.