ލޯޝަން ފުޅިއެއްގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ލޯޝަން ފުޅީގެ ތެރެއިން ފެނުނު މަސްތުވާތަކެތި - ފޮޓޯ: ޕޮލިސް
ލޯޝަން ފުޅީގެ ތެރެއިން ފެނުނު މަސްތުވާތަކެތި – ފޮޓޯ: ޕޮލިސް

ބ. އަތޮޅު ލަނޑާގިރާވަރު ރިސޯޓަށް ލޯޝަން ފުޅިއެއްގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުން ބުނިގޮތުގައި، މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ފިރިހެނެކެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރކުރީ ކަމަދޫ މީހެކެވެ.

އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ބ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނުގައި އެ ރިސޯޓަށް، އަރައި ދޯނިން ފޮށިގަނޑެއް ހިފައިގެން ދަނިކޮށް ކަމަށް، ފުލުހުން ބުންޏެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި، ރަބަރު ޕެކެޓްތައް ފެނިފައިވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާގެ ހަށިގަނޑާއި ހިފައިގެންދިޔަ ފޮށިގަނޑު ބަލައިފާސްކުރިއިރު، ފޮށިގަނޑުތެރެއިން ފެނުނު ލޯޝަން ފުޅި ތެރެއިން ކަމަށް ފުލުހުން ބުންޏެވެ..

އެ މީހާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.