އިބްތިހާލްގެ މަރުގެ މައްސަލާގައި އޭދަފުށީ މީހެއްގެ މައްޗަށް ދައުވާ އުފުލައިފި

އަނިޔާ ކުރުމުގެ ސަބަބުން މަރުވި މުހައްމަދު އިބްތިހާލް. ފޮޓޯ / އަސްއަދު
އަނިޔާ ކުރުމުގެ ސަބަބުން މަރުވި މުހައްމަދު އިބްތިހާލް. ފޮޓޯ / އަސްއަދު

ވ. ރަކީދޫގައި 2015 ވަނަ އަހަރު އަނިޔާ ކުރުމުގެ ސަބަބުން މަރުވި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލާގައި ބ. އޭދަފުށީ، މާބަގީޗާގޭ ލިސާން އަބޫބަކުރުގެ އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭތީ އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގައި މަސައްކަތް ކުރަމުން އަންނަ ލިސާން އަބޫބަކުރު އިބްތިހާލު މަރުގެ ހާދިސާ ހިނގިއިރު ހުރީ ފުލުހުންގެ ނޮދަން ސްޓޭޝަންގައި ހުރި ވ. އަތޮޅުގެ އެކްޓިން ކޮމާންޑަރަކަށެވެ.

މި މައްސަލައިގައި ލިސާންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނު އަދި ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ރ.ގެ ދަށުންނެވެ.

ލިސާނުގެ އިތުރުން، މި މައްސަލާގައި ވ. ފުލިދޫ، ނަލަހިޔާ އާމިނަތު ޝިޔާޒާ އާއި ގދ.ފިޔޯރީ ބީޗް ވިލާ އަހްމަދު ޝުޒާދާއި ގއ.ދެއްވަދޫ ނަސްރީނުގެ މުހައްމަދު ރަޝީދާއި ފ.ފީއަލި ގުލްއަލާމާގެ މުހައްމަދު ޝަކީބުގެ މައްޗަށްވެސް ވަނީ ދައުވާ އުފުލައިފަ އެވެ. ދމި ހަތަރު މީހުންނަކީވެސް ޖެންޑަ މިނިސްޓްރީގައި ކުރިން މަސައްކަތްކޮށްފައިވާ ބައެއް މީހުންނާއި މިހާރުވެސް ވަޒީފާ އަދާކުރާ ބައެއް މީހުންނެވެ.

އުމުރުން ތިން އަހަރުގެ އިބްތިހާލަށް އަނިޔާ ކުރުމުގެ ސަބަބުން އެ ކުއްޖާ މަރުވީ ޖެނުއަރީ 28، 2015 ގަ އެވެ. އެ މައްސަލާގައި އިބްތިހާލްގެ މަންމަ އާފިޔާގެ މައްޗަށް ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އުފުލައި ޝަރީއަތްތައް މިހާރު ދަނީ ކުރިއަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.