ދަ ބިގިނާސް އަށް އޭދަފުށިން ބިމެއް ދީފި

ޓީބީ އަށް ދޭން ނިންމި ބިމުގަިއ ކައުންސިލުން އިންވަކި ކުރުމުގެ މަސައްކަތް ކުރަނީ: ފޮޓޯ / ޓީބީ
ޓީބީ އަށް ދޭން ނިންމި ބިމުގަިއ ކައުންސިލުން އިންވަކި ކުރުމުގެ މަސައްކަތް ކުރަނީ: ފޮޓޯ / ޓީބީ

ކްލަބް ދަ ބިގިނާސްގެ އިދާރީ އޮފީސް އެޅުމަށާއި ތަކެތި ރައްކާ ކުރާނެ ތަނެއް ހެދުމަށް އޭދަފުށިން އެ ކަލްބަށް ބިމެއް ހަމަޖައްސައިދީފި އެވެ.

އޭދަފުށީ ކައުންސިލުން ބުނިގޮތުގައި ދަ ބިގިނާސް އަށް މިރަށުގެ އިރުމަތީ ކޮޅު ފުއްޓަރުގެއާ ދިމާލުން ބިމެއް ހަމަޖައްސައިދިނީ، އެ ޖަމިއްޔާގެ އިދާރީ އޮފީސް އެޅުމަށާއި މުދާ ރައްކާ ކުރާނެ ތަނެއް ހެދުމަށް އެ ޖަމިއްޔާއިން އެދުމާ ގުޅިގެންނެވެ.
އެގޮތުން އިއްޔެ ވަނީ ވަނީ އެ ސަރަހައްދުން 1400 އަކަފޫޓްގެ ބިން ވަކިކޮށް ކަންމުޑިވެސް އަޅައިދީފަ އެވެ.

ޓީބީގެ އިދާރީ އޮފީސް މިހާރު ހިންގަމުން އަންނަނީ އަމިއްލަ ގެ އެއްގަ އެވެ.

ޓީބީ އަށް ބިމެއް ހަމަޖައްސައިދިން އިރު، މިރަށުގެ ތިން ސަރަހައްދުގައި އާއްމުކޮށް އެންމެ ހަރަކާތްތެރިވާ ތިން ޖަމިއްޔާއަށްވެސް މިހާރު މި ވަނީ ބިން ދީފަ އެވެ.

ކްލަބް ދަބިގިނާސް އަކީ 2012 ވަނަ އަހަރުން ފެށިގެން ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށް އޭދަފުށީ އިރުމަތީ ސަރަހައްދަށް ނިސްބަތްވާ ޒުވާނުންތަކެއް ހިންގަމުން އަންނަ ކްލަބެކެވެ. އޭގެ ފަހުން އެ ކްލަބުން ވަނީ ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ތަފާތު އެތައް ހަރަކާތްތަކެއް ހިންގައިފަ އެވެ. އެގޮތުން އެންމެ ފާހާގަކޮށްލެވެނީ އެ ޖަމިއްޔާއިން އިސްނަގައިގެން އޭދަފުށީ މަސްޖިދުލް ޔޫސުފް [ކުޑަ މިސްކިތް] އޭސީ ކުރުމާއި ކާޕެޓް ބަދަލުކުރުމެވެ. އޭގެ އިތުރުން ރަށުގައި ހިންގާ އިޖުތިމާއީ ހަރަކާތްތަކުގައިވެސް އެ ޖަމިއްޔާގެ ބައިވެރިވުން ފާހަގަ ކުރެވެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އ.ހ

    އޮފީސް ހަދަން ބިންދިނީމަ ކުރަނީ ވިޔަފާރި، އެކަންކަން ބަލާނެ ބަޔަކު ނެތް. އިޖުތިމާއީ ހަރަކާތްތަށް ހިންގެނީ މަދު ފަހަރަކު. މީ ގަބޫލުކުރެވޭނެ ކަމެއްނޫން! =އ. ހ=

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.