މާޅޮހުގައި ސިޓީ ހޮޓާ ހަދަން 10 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި

ފޮޓޯ: ބ. މާޅޮހުގެ މަތިން ނަގާފައިވާ ފޮޓޯ އެއް. އެރަށުގައި ސިޓީ ހޮޓަލެއް ތަރައްގީކޮށް ކުރާނެ ބަޔަކު ހޯދަން ވަނީ ބީލަމަށްލާފައި. ޑްރޯން ފޮޓޯ / ރާއިފް ޔޫސުފް
ފޮޓޯ: ބ. މާޅޮހުގެ މަތިން ނަގާފައިވާ ފޮޓޯ އެއް. އެރަށުގައި ސިޓީ ހޮޓަލެއް ތަރައްގީކުރަން ދިހަ ފަރާތަކުން ވަނީ ކުރިމަތިލާފައި. ޑްރޯން ފޮޓޯ / ރާއިފް ޔޫސުފް

ބ. މާޅޮހުގައި ސިޓީ ހޮޓަލެއް ތަރައްގީކޮށް ހިންގުމަށް 10 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ބ. މާޅޮހުގެ އިރު ދެކުނު ސަރަހައްދު ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް އަންނަމަހުގެ 12ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާއިރު، އިއްޔެ ވަނީ މި މަޝްރޫއުގެ ޕްރީ ބިޑް މީޓިން ބާއްވައިފަ އެވެ.

މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު މިއަދު “އީޓީ” އަށް ވިދާޅުވި ގޮތުގައި އިއްޔެ ބޭއްވި ޕްރީ ބިޑް މީޓިންގައި 10 ފަރާތަކުންވަނީ އެރަށުގައި ސިޓީ ހޮޓާ އަޅަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ މިހާރުވެސް ޓޫރިޒަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައްކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ސިޓީ ހޮޓަލެއް އަޅަން އެ ސަރަހައްދުން ގާތްގަޑަކަށް 2483 އަކަމީޓަރުގެ ދެ ބިމެއް 50 އަހަރަށް ދޭން މާޅޮހު ކައުންސިލުންވަނީ ނިންމައިފަ އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ސިޓީ ހޮޓަލެއް ތަރައްގީ ކުރުމުން އެ ރަށަށް އިގްތިސާދީ ގިނަ ފުރުސަތުތަކެއް ހުޅުވޭނެ ކަމަށެވެ. އެ ގޮތުން، އިގްތިސާދީ މަސައްކަތްތައް ފުޅާވެ، އެ ރަށުގެ ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތަކެއް ލިބި، ރަށަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރުވެސް ކޮންމވެސް ވަރަކަށް ގެސްޓްހައުސްގެ ވިޔަފާރި ހިންގަމުން އަންނަ މާޅޮހުގައި ސިޓީ ހޮޓަލެއް އަޅަން އެމްއޯޔޫގައި ސަރުކާރާ އެކު އެ ރަށު ކައުންސިލުން ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.