ވިމެން އޮން ބޯޑްސްގެ ބ. އަތޮޅު އޭޖެންޓަކަށް ނަސްރާ

ފާތުމަތު ނަސްރާ
ފާތުމަތު ނަސްރާ

ކޯޕަރޭޓް ބޯޑުތަކުގައި އަންހެނުންގެ ހިއްސާ އިތުރުކޮށް، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ޖަމިއްޔާ ވިމެން އޮން ބޯޑްސް (ވޮބް)ގެ ބ. އަތޮޅުގެ އައުޓްރީޗު އޭޖެންޓަކަށް އޭދަފުށީ އަމަން، ފާތުމަތު ނަސްރާ މިއަދު ހަމަޖައްސައިފި އެވެ.

ބ. އަތޮޅު ކައުންސިލު އިދާރާގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ހުންނެވި ފާތުމަތު ނަސްރާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ބެޗެލާ އޮފް ހިއުމަން ސައިންސް (މާސް ކޮމިޔުނިކޭޝަން) އިން ޑިގްރީ ހާސިލުކުރައްވާފަ އެވެ.

ފާތުމަތު ނަސްރާ ވަނީ މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީގަ އާއި ފިނޭންސް މިނިސްޓްރީ އަދި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ކުރިން އިލެކްޝަން ކޮމިޝަންގެ އޭދަފުށީ ބްރާންޗުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުވެސް އަދާ ކޮށްފައެވެ. މީގެ އިތުރުން ވިލާ ކޮލެޖު އޭދަފުށީ ކެމްޕަސްގައި އިނގިރޭސި ލެކްޗަރާއެއްގެ ގޮތުގައިވެސް އޭނާ ވަނީ މަސައްކަތް ކުރައްވާފަ އެވެ.

އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ދީ، އެމީހުންނަށް ތަމްރީނު ފޯރުކޮށްދީ، އެންމެ މަތީ މަގާމުތަކުގައި އަންހެނުން އެކަށީގެންވާ މިންވަރަކަށް ފެނިގެން ދިއުމަކީ އެ ޖަމިއްޔާގެ އަމާޒެއް ކަމަށް ވޮބްގެ ރައީސް ޝަފީގާ ވަނީ ވިދާޅުވެފަ އެވެ.

ވިމެން އޮން ބޯޑްސްއިން ރާއްޖޭގެ އެކި އަތޮޅުތަކުގައު އައުޓްރީޗް އެޖެންޓްތައް ހަމަޖައްސަމުންދާއިރު ރާއްޖޭގެ އެކި ހިސާބުތަކުގައި އައުޓްރީޗު އޭޖެންޓު އޮފީސްތައްވެސް ދަނީ ގާއިމު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.