އުރީދޫ 4ޖީ+ ނެޓްވޯކް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ+ ނެޓްވޯކް އިފްތިތާހު ކުރަން އިއްޔެ ހަވީރު ބޭއްވި ހަފްލާގައި އެ ކުންފުނީގެ ސީއީއޯ ސިންހަ (މ) އާއި އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އުރީދޫގެ 4ޖީ+ ނެޓްވޯކް އިފްތިތާހު ކުރަން އިއްޔެ ހަވީރު ބޭއްވި ހަފްލާގައި އެ ކުންފުނީގެ ސީއީއޯ ސިންހަ (މ) އާއި އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ.– ފޮޓޯ: ނިޝާން އަލީ/ މިހާރު

އުރީދޫ މޯލްޑިވްސްއިން މުޅި ރާއްޖެއަށް، އެ ކުންފުނީގެ 4ޖީ ޕްލަސް ނެޓްވޯކް ފުޅާކޮށްފި އެވެ. މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އުރީދޫ މެދުވެރިކޮށް 4ޖީ ޕްލަސް ނެޓްވޯކުގެ ބޭނުން ކުރެވޭނެ އެވެ.

އުރީދުގެ 4G+ ނެޓްވާކް ތައާރަފް ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވެފައި ވަނީ، މިހާރު އަޅުގަނޑުމެންގެ ދަތުރުގެ މުހިއްމު ލަނޑުދަނޑިއަކަށް ވާސިލްވީ ކަމަށާއި އެންމެ ފުރަތަމަ ދުވަހުން ފެށިގެން އުރީދޫއިން މަސައްކަތްކުރަމުން ދަނީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ކަމަށެވެ.

އަދި އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު ވިދާޅުވީ ވަނީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފެންވަރު ރަނގަޅު މޮބައިލް ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށާއި، ޑިޖިޓަލް ހިދުމަތްތަކުގެ ފައިދާތަކާއި ގުޅުވާލަދިނުމަށްޓަކައި އުރީދޫއަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުން ދާނެ ކަމަަށެވެ.

މިހާރު ގެންގުޅުއްވާ ސިމް ކާޑުން 4G+ ކޮމްޕެޓިބަލްތޯ ބެއްލެވުމަށް، ”4G” ޖެއްސެވުމަށް ފަހު، 5353 އަށް އެސްއެމްއެސް ކުރައްވައިގެން ޗެކްކުރެވޭނެއެވެ. އަދި އުރީދޫ އެކްސްޕީރިއަންސް ސެންޓަރ ތަކުންނާއި، ބިޒްނަސް ޕާރޓްނަރ ޝޮޕްތަކުން ފަސޭހަކަމާއިއެކު 4G ސިމް ކާޑް ލިބިވަޑައިގަންނަވާނެ ކަމަސް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދުއިން މައުލޫމާތުދޭ ގޮތުގައި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަލުވި ސްޕީޑެއްގައި އިންޓަނެޓް ފޯރުކޮށްދިނުމަށްޓަކައި އުރީދޫއިން މުހިއްމު އިންވެސްޓްމެންޓްތަކެއް ކޮށްފައިވާ ކަމަށެވެ. މިގޮތުން، އެކުންފުނީގެ މަލްޓިމިލިއަންޑޮލަރުގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލް މެދުވެރިކޮށް، ނެޓްވާކް ކެޕޭސިޓީ އިތުރުކޮށް، މުޅި ރާއްޖެއަށް 4G+ ނެޓްވަރކް ފުޅާކުރުމުގެ މަސައްކަތެވެ. އަދި އޭގެ އިތުރުން މިއަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރިސޯޓުތަކަށާއި ރަށްތަކަށް، ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އެކުންފުނިން ވަނީ ފަށާފައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.