އިސްލާމް ޓީޗަރު ދާން އުޅޭތީ ބެލެނިވެރިން ހިތްހަމަ ނުޖެހިއްޖެ

ތައުލީމީ މަރުކަޒުގެ ދަރިވަރުންނާއި ބައެއް ޓިޗަރުން އެސެމްބްލީގައި. އެ ސްކޫލުގެ އިސްލާމް ޓީޗަތަކު އެހެން ސްކޫލަކަށް ބަދަލުވާން އުޅޭތީ ބެލެނިވެރިން ވަނީ ހިތްހަމަ ނުޖެހިފައި—އީޓީ ފައިލް ފޮޓޯ
ތައުލީމީ މަރުކަޒުގެ ދަރިވަރުންނާއި ބައެއް ޓިޗަރުން އެސެމްބްލީގައި. އެ ސްކޫލުގެ އިސްލާމް ޓީޗަތަކު އެހެން ސްކޫލަކަށް ބަދަލުވާން އުޅޭތީ ބެލެނިވެރިން ވަނީ ހިތްހަމަ ނުޖެހިފައި—އީޓީ ފައިލް ފޮޓޯ

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިސްލާމް މުދައްރިސް އިބްރާހިމް މުހައްމަދު އެހެން ސްކޫލަކަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ފެތުރުމާ އެކު ބެލެނިވެރިން މިއަދު ސްކޫލް ގޮސް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ބެލެނިވެރިޔަކު “އީޓީ” އަށް ކިޔައިދިން ގޮތުގައި ވަކި މީހެއްގެ ސަބަބުން ސްކޫލުގައި މަސައްކަތް ކުރަން އުނދަގޫވިޔަސް، އިބްރާހިމް މުހައްމަދު އެހެން ތަނަކަށް ބަދަލުވާން ބެލެނިވެރިން ބޭނުންނުވާ ކަމަށެވެ.

އެހެންވެގެން 33 އަށް ވުރެ ގިނަ ބެލެނިވެރިން މިއަދު ސްކޫލަށް ގޮސް ޕްރިންސިޕަލާ ބައްދަލުކޮށް ހިތްހަމަނުޖެހުން ފާޅުކޮށް އޭނާ ބަދަލުވަނީ ކީއްވެތޯ ސާފުކުރަން ބޭނުންވީ ކަމަށް އޭނާ ވިދާޅުވި އެވެ.

“އެހާ ރަގަޅު ޓީޗަރެއް ވީމަ ބެލެނިވެރިން ބޭނުންނުވަނީ އެހެން ސްކޫލަކަށް ބަދަލުވާން. އޭނާ މަސައްކަތް ކުރާ ޑިޕާޓްމެންޓްގައި މައްސަލަތަކެއް އުޅޭތީ އެކަމާ ހިތްހަމަ ނުޖެހިގެން ބަދަލުވާ ކަހަލަ ވާހަކަތަކެއް ބޭރު ތެރެއިން އަޑުއިވިގެން ބައްދަލުކުރަން ދިޔައީ، އެކަމަކު ސްކޫލުން ބުނީ ޓީޗަރު އަމިއްލަ އެދިގެނޭ ބަދަލުވަނީ،”

“ދެން މާދަމާ އިސްލާމު މުދައްރިސް އަދި އޭނާގެ ހެޑް އާއި ބެލެނިވެރިންނާއެކު ބައްދަލުވުމެއް ބާއްވައިދޭނެ ކަމަށްބުނި، އެ ބައްދަލުވުމަށްފަހު އެނގޭނީ އަސްލު މި ވެގެން އުޅޭ ގޮތެއް،”

“އީޓީ” އާ ވަހަކަ ދެއްކި ބެލެނިވެރިން ފާހަގަކުރި ގޮތުގައި އިބްރާހިމް މުހައްމަދަކީ އިސްލާމު ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ އެންމެ ފެންވަރު ރަނގަޅު އެއްޓީޗަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.