އޯލެވެލް އިމްތިހާނުން ބ. އަތޮޅު މަދަރުސާއިން ބޮޑު ކުރިއެރުމެއް

ބ. އަތޮޅު މަދަރުސާގެ ދަރިވަރުންތަކެއް ޕރިންސިޕަލާއެކު. އެ ސކޫލުން ވަނީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުން ބޮޑޫ ކާމިޔާބީއެއް ހޯދާފައި
ބ. އަތޮޅު މަދަރުސާގެ ދަރިވަރުންތަކެއް ޕރިންސިޕަލާއެކު. އެ ސކޫލުން ވަނީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުން ބޮޑޫ ކާމިޔާބީއެއް ހޯދާފައި

މިދިޔަ އަހަރުގެ ކެމްބްރިޖް ޖީސީއީ އޯލެވެލް އާއި އެސްއެސްސީ އިމްތިހާނުގައި ބ. އަތޮޅު މަދަރުސާގެ ދަރިވަރުން ހޯދި ނަތީޖާ ވަރަށް ބޮޑުތަން ކުރިއަރައިގެން ގޮސްފައިވާ ކަމަށް އެ ސްކޫލުން ބުނެފިއެވެ.

މިދިޔަ އަހަރުގެ ނަތީޖާ އާ ގުޅޭގޮތުން “އީޓީ” އާ ވާހަކަ ދައްކަމުން އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ނާޞިޙު ވިދާޅުވީ 2000 ވަނައަހަރު އެމަދަރުސާގައި އޯ-ލެވެލް އިމްތިހާން ހަދަންފެށިފަހުން، މިދިޔައަހަރުގެ ނަތީޖާ އަކީ، އެމަދަރުސާގެ ދަރިވަރުން މިހާތަނަށް ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ. އަދި އެންމެ ބޮޑު ކުރިއެރުން ލިބިފައިވަނީވެސް މިދިޔައަހަރުއެވެ. ނާޞިޙު ވިދާޅުވީ މިއަހަރު ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އިންސައްތައަކީ %80 އެވެ.

ވޭތުވެ ދިޔަ އަހަރުތަކުގައިވެސް ރާއްޖޭގެ ފެންވަރުގައި އޯލެވެލްއިން އެކި ވަނަތަށް ހޯދާފައި ވެއެވެ. އެގޮތުން އެސްކޫލްގެ ކެޓެގަރީން 4 އަހަރު 1 ވަނަ ހޯދާފައިވެއެވެ. އަދި އެކެޓަގަރީން 2 ވަނަ އެއްފަހަރު ހޯދާފައިވާ އިރު ނެޝަނަލް ލެވެލްގަ 2007 ވަނަ އަހަރު 3 ވަނަ ހޯދާފައި ވެއެވެ.

DSC_0081

އެ ސްކޫލުން ބުނީ، މިދިޔަ އަހަރުގެ ނަތީޖާއަށް ބަލާއިރު ދިވެހި، އިސްލާމް، ހިސާބު އަދި ސައިން ސްޓްރީމުގެ ހުރިހާ މާއްދާ އަކުން 100 ޕަސެންޓް ފާސްވިއިރު، ކޮމާސް ސްޓްރީމުތަކުގެ މާއްދާތަކުން ފާސްވި ޕަސެންޓޭޖް އުޅެނީ 80 ޕަސެންޓަށްވުރެ މަތީގައެވެ.

ނާސިހު ވިދާޅުވިގޮތުގައި މިދިޔަ އަހަރުގެ އޯ-ލެވެލް އިމްތިހާނުގައި ބައިވެރިވި ކުދިންގެ ތެރެއިން ރާއްޖޭގެ ގަދަ ދިހައެއްގެ އެއްވަނައިގައި އެސްކޫލުގެ އެއް ދަރިވަރަކު ހިމެނޭވަރަށް ފާސް ލިބިފައިވެއެވެ. އަދި 80 ޕަސެންޓް ދަރިވަރުން އެއްމާއްދާ ފިޔަވައި ހުރިހާ މާއްދާއަކުން ފާސްވެފައިވާ ކަމަށްވެސް އޭނާ ފާހަގަ ކުރެއެއްވިއެވެ.

އެހެންކަމުން މިއީ މި ސްކޫލުގެ ތާރީޚުގަ މިހާތަނަށް އޯ-ލެވެލް އިންތިހާނުން މި ސްކޫލުގެ ދަރިވަރުން ހޯދި ވަރަށް ބޮޑު ކާމިޔާބީއެއް،”

ނާސިހު ވިދާޅުވީ ނަތީޖާ އާއި ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހި ވަޑައިގަންނަވާކަމަށާއި މި ނަތީޖާ ހޯދިފައިވަނީ ވޭތުވެދިޔަ އަހަރު ތަކުގައި އެންމެން ގުޅިގެން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އަދި ބެލެނިވެރިންނާއި މުދައްރިސުންނާއި ދަރިވަރުން ކުރެއްވި ބުރަ މަސައްކަތް ޝުކުރުވެރިކަމާއި އެކު އޭނާ ފާހަގަ ކުރެއްވި އެވެ.

ނާސިހު ވިދާޅުވީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން، ސްކޫލްގެ ނަތީޖާ ރަނގަޅުކުރުމަށް ރާއްވަވަމުން ގެންދަވާ އެންމެހައި ޙަރަކާތްތަކުގެ ފައިދާ ފުރިހަމައަށް ވަނީ ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.