ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ބ. އަތޮޅު ކޮމާންޑަރަކަށް ޗީފް ޕޮލިސް ސްޓޭޝަން އިންސްޕެކްޓަ ބ. އޭދަފުށީ މާތިލަ އަބްދުﷲ ޚަލީލު ހަމަޖައްސައިފި އެވެ.
މި މަގާމަށް އަބްދުﷲ ޚަލީލު ހަމަޖައްސާފައި މި ވަނީ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ވަހީދު މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.
ނޯތު ޕޮލިސް ޑިވިސަންގެ ބ. އަތޮޅު ކޮމާންޑަރަކަށް އަބްދުﷲ ޚަލީލު ހަމަޖެއްސެވުމާ ގުޅިގެން އޭނާ މިހާރު ވަނީ އޭދަފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރައްވަން ފައްޓަވައިފަ އެވެ.