
ގޭސް ވިއުކަމަށާއި ގުދަން ހެދުމަށް އޭދަފުށިން ކުއްޔަށް ބިން ދޫކުރުމަށް ރަށު ކައުންސިލް އިދާރާ އިން އިއުލާންކޮށްފި އެވެ.
ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި ދެ މަސައްކަތަށް ބިން ދޫކުރަން ހަމަޖެހިފައި ވަނީ މީގެ ކުރިން ވެސް ވިޔަފާރި އަށް ބިން ދޫކޮށްފައިވާ ބަނދަރު ސަރަހައްދުގެ އިރުމަތިން ކަމަށެވެ. އެގޮތުން ގޭސް ވިއްކުމަށް 375 އަކަފޫޓްގެ ދެ ބިން ދޭން ނިންމާފައިވާއިރު ގުދަން ހެދުމަށް 750 އަކަފޫޓްގެ ބިމެއް ކުއްޔަށް ދިނުމަށްވަނީ ނިންމައިފަ އެވެ.
ކައުންސިލުން ބުނީ މި ކަމާބެހޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ ކަމަށެވެ އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަމަހުގެ 5 ވަނަ ދުވަހު އެސްޓިމޭޓް ހުށަހެޅުމަށް ވެސް ކައުންސިލުގެ އިއުލާނުގައި ބުނެފައި ވެ އެވެ.
Meethi Kada.! Muli rashuge malamathi hadi vaane goteh nengigen tha concilun nuleny