އޯލެވެލް އިމްތިހާނުގައި ތައުލީމީ މަރުކަޒު މިއަހަރުވެސް ކުރިއެރުން ހޯދައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ސްކޫލުތެރޭގައި
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ސްކޫލުތެރޭގައި

މިދިޔަ އަހަރުގެ ކެމްބްރިޖް ޖީސީއީ އޯލެވެލް އާއި އެސްއެސްސީ އިމްތިހާނުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން މިއަހަރުވެސް ކުރިއެރުންތަކެއް ހޯދައިފި އެވެ.

nt300x300

އެ ސްކޫލުގެ މިދިޔަ އަހަރުގެ އޯލެވެލް ނަތީޖާ ދައްކާގޮތުން އެންމެ އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ މިއަހަރު އަލަށް އޯލެވެލް އިމްތިހާނުގައި ބައިވެރިވި ބީޓެކް މާއްދާއިންނެވެ. އެ މާއްދާގައި 10 ކުދިން ބައިވެރިވި އިރު އެ ހުރިހާ ކުދިންވެސް ވަނީ ފާސްވެފަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން މި އަހަރުގެ އޯލެވެލް އިމްތިހާނުގައި 52 ދަރިވަރުން ބައިވެރިވިއިރު، އޭގެ ތެރެއިން ފަސް މާއްދާއިން ފާސްވީ 65 ޕަސެންޓް ދަރިވަރުންނެވެ. މިއީ އޭގެ ކުރީ އަހަރަށްވުރެ 4 ޕަސެންޓްގެ ކުރިއެރުމެކެވެ.

ވަކިވަކި ނަތީޖާ ތަކަށް ބަލާއިރު ބިޒިނަސް ސްޓްރީމު އަދި ސައިންސް ސްޓްރީމުގެ މާއްދާތަކުން އެ ސކޫލުގެ ދަރިވަރުންވަނީ 70 އިންސައިންއަށްވުރެ މަތިން ފާސްވެފަ އެވެ. ދިވެހި މާއްދާއިން 96 ޕަސެންޓް ވަނީ ހާސިލުކޮށްފަ އެވެ.

ނަމަވެސް އިނގިރޭސި އަދި ހިސާބުން ހިތްހަމަޖެހޭ ފަދަ ނަތީޖާއެއް މިފަހަރު ލިބިފައިނުވާކަން އެ ސްކޫލުން ފާހަގަ ކުރެއެވެ.

ސްކޫލުން ބުނިގޮތުގައި މިއަހަރުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ގައުމީ ގަދަ ދިހައެއްގައި ހިމެނޭ ފެންވަރަށް 4 ދަރިވަރަކު ވަނީ ފާސްހޯދައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.