ހިޖުރަކުރާ ދޫނިތައް ނުހިފުމަށް އަނެއްކާވެސް އިލްތިމާސް ކޮށްފި

perfect-flying-bird-desktop-background-photos-free-download

ދުނިޔޭގެ އެކި ސަރަހައްދުތަކުން މި ދުވަސްވަރު ރާއްޖެ އަށް ހިޖުރަކުރާ ދޫނިތައް ހިފައި ގޯނާކުރަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށާއި އެގޮތަށް އަމަލުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

TB-FUTSAL

އީޕީއޭ އިން ބުނީ އިރުވައި މޫސުމާ ދިމާކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ދުވަސްވަރު ރާއްޖެ އަށް ތަފާތު ވައްތަރުގެ ދޫނިތައް ހިޖުރަކުރަމުން އަންނަ ކަމަށެވެ.

ކޮންމެ އަހަރަކުވެސް ދޫނި މޫސުމުގައި އާއްމުކޮށް ރަށްރަށުގައި ދޫނި ހިފާ ހަދައެވެ. އެކަމަކު އެއީ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ކަމެއް ކަން، ސާކިއުލާ ފަދަ ތަކެތީގެ ޒަރީއާއިން މީހުންނަށް ދޭތެރެ ދޭތެރެއިން އަންގާމުން ދެ އެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމު ޕީއެސްއެމް އަށް ވިދާޅުވީ ތިމާވެށީގެ ގޮތުން ދުނިޔޭގެ ފެންވަރުގެ ޤައުމަކަށް ރާއްޖެ ވެފައި އޮތްއިރު، އަމަލުންވެސް އެކަން ދައްކަންޖެހޭ ކަމަށެވެ.

“ތަކުރާރުކޮށް މިކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން. އެއް ފަރަތަކާ މެދު ފިޔަވަޅު އަޅައިފިން. އިތުރު ފަރާތްތަކާމެދު ފިޔަވަޅު އަޅަންދަނީ ތައްޔާރުވަމުން ،”

ތިމާވެށި ހިމާޔަތްކުރުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގައިވާ ގޮތުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރާނެކަން އީޕީއޭގެ އިން ބުންޏެވެ. ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދުގެ ދަށުން ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ އެއްވެސް ބާވަތެއް ހިފުމަކީ މަނާކަމެކެވެ. އަދި އެފަދަ އަމަލު ކުރާ ފަރާތްތައް 501 އާއި 50,000 ދެމެދުގެ އަދަދަކަށް ޖޫރުމައިނާ ކުރެވޭނެ އެވެ.

މިގޮތަށް ހިޖުރަކުރާ ދޫނިތަކުގެ ތެރޭގައި ރާއްޖޭގައި ވެސް ހިމާޔަތްކޮށްފައިވާ ދޫނިތައްވެސް އުޅެ އެވެ. ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ހިފައިގެން ގެންގުޅުނު ބ. ދޮންފަނު މީހަކު 111،500 ރުފިޔާއިން މިދިޔަމަހު ވަނީ ޖޫރިމަނާ ކޮށްފިަ އެވެ. ދޮންފަނު މީހާ ހިފައިގެން ގެންގުޅުނު ދޫނިތަކުގެ ތެރޭގައި ރަތަފަ، ކިރު އިލޮޅި، ދުށިމެ، އަލަކަ، ބަކަމޫނު އަދި ސުރުމުތި ހިމެނެ އެވެ. މިތަކެތި އެ މީހާ ގެންގުޅުނީ އޭނާގެ ގޭގައި ބަންދުކޮށްގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.