ޒުވާން ކުދިންތަކެއް އިސްނަގައިގެން ފަޅުތެރެ ސާފުކޮށްފި

BK

އޭދަފުށީ އުތުރުފަރާތު ފަޅުތެރޭގައި ގިނަ އަދަދެއްގެ ކުނި ޖަމާވެ، ގިނަ ދުވަސް ވެފައި އޮތުމުން މިރަށުގެ ޒުވާން ގްރޫޕެއް ކަމަށްވާ ބަނަފްސާ ކަންމަތި (ބީކޭ) ގްރޫޕުން ފަޅުތެރެ ސާފުކޮށްފި އެވެ.

އެ ގްރޫޕުގެ ފަނަރަ ވަރަކަށް ކުދިން ބައިވެރިވެގެން މިއަދު މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އުތުރުފަރާތު ފަޅުތެރެއިން ގިނަ އަދަދެއްގެ ކުނި ނަގާފައިވެ އެވެ.

އޭގެ ތެރޭގައި ޕްލާސްޓިކް ފުޅި އާއި ދަޅުގެ އިތުރުން ފުޅިމަދު ފޮށިގަނޑު ފަދަ ތަކެތި ނަގާފައިވެ އެވެ. އެ ތަކެތި ނެގުމަށްފަހު ކުނި ކޮށްޓަށް ގެންގޮސް ނައްތާލާފައިވާނެ ކަމަށް ބީކޭ ގްރޫޕުން ބުންޏެވެ.

“މިއީ އެންމެންގެ ލާބަ އާއި މަންފާއަށް މިރަށު ފަޅުތެރޭގައި ކުނި ގިނަވެފައި އޮތީމަ ބީކޭ އިން އިސްނަގައިގެން ކުރިކަމެއް. އަދި ތިމާވެއްޓާ ކަނޑުގެ ދިރުމަށްކުރާ ނޭދެވޭ އަސަރާދެކޮޅަށް ހިންގި ޕްރޮގްރާމެއް. މި ހަރަކާތުގައި ގަސްބިން ބޭގުގެ 8 ކޮތަޅު ކުނި ވަނީ ނަގާފައި،”

ފަރުތެރޭ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ އޭދަފުށީ ކައުންސިލާއި އޭދަފުށީ ބެއްލާ ވިސްޓާ ރެސްޓޯރަންޓްގެ ވަރަށްބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށާއި އެހެންކަމުން އެ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

bks

ބީކޭ ގްރޫޕުން ބުނީ ކުރިއަށް އޮތް ތަނުގައި މިފަދަ އިޖުތިމާއީ ކަންތައްތަކުން އެ ގްރޫޕުގެ ބައިވެރިން ވަރަށް ބޮޑަށް ފެނިގެންދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.