ވައިރަލް ހުމާއި ހޭންޑް ފުޓް އެންޑް މައުތު ބަލި ފެތުރެނީ

ޕްރީ ސްކޫލު ކުދިންތަކެއް ސްކޫލް އިވެންޓެއްގައި: މި ދުވަސްވަރު ހޭންޑް ފުޓް އެންޑް މައުތު ބަލި އުޅޭތީ ސަމާލުވާން ވަނީ އިލްތިމާސްކޮށްފައި. އީޓީ ފައިލް ފޮޓޯ
ޕްރީ ސްކޫލު ކުދިންތަކެއް ސްކޫލް އިވެންޓެއްގައި: މި ދުވަސްވަރު ހޭންޑް ފުޓް އެންޑް މައުތު ބަލި އުޅޭތީ ސަމާލުވާން ވަނީ އިލްތިމާސްކޮށްފައި. އީޓީ ފައިލް ފޮޓޯ

މި ދުވަސްކޮޅު ރާއްޖޭގެ އެކި ސަރަހައްދުތަކުން ވައިރަލް ހުމާއި “ހޭންޑް ފުޓް އެންޑް މައުތު” ބަލި ފެންނަމުންދާތީ އެކަމަށް ސަމާލުވުމަށް ބ. އަތޮޅު ޕަބްލިކް ހެލްތު ޔުނިޓުން އިލްތިމާސްކޮށްފި އެވެ.

އެތަނުގެ އޮފިޝަލަކު ވިދާޅުވީ މި ބައްޔަކީ އާންމުކޮށް 10 އަހަރުން ދަށުގެ ކުދިންނަށް ޖެހޭ ބައްޔަކަށްވާތީ، ބަލީގެ އެއްވެސް ނިޝާނެއް ފެނިއްޖެ ނަމަ، ބެލެނިވެރިން އެ ކުއްޖަކު ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މިއަތޮޅުގެ ބައެއް ރަށްރަށުން ހޭންޑް ފުޓް އެންޑް މައުތު ބަލި ފެނުނު ނަމަވެސް، ކަންބޮޑުވާން ޖެހޭ މިންވަރަށް އެ ބަލި މިހާތަނަށް ފެތުރިފައި ނުވާ ކަމަށް ޕަބްލިކް ހެލްތު ޔުނިޓުން ބުންޏެވެ.

“ނަމަވެސް ބަލި އިތުރަށް ފެތުރިގެން ދިޔަ ނުދިނުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެއް. ފުޑް އެންޑް މައުތު ބަލިން ރައްކާތެރިވުމަށް ސާފު ތާހިރު ކަމަށް ހާއްސަ ސަމާލު ކަމެއް ދޭންޖެހޭ. އެގޮތުން ގިނަގިނައިން އަތް ދޮވެ، ސާފު ތާހިރު ކަމަކަށް ވީހާ ވެސް ބޮޑަށް ސަމާލުކަން ދޭންޖެހޭ. އަދި ބަލި ޖެހިފައިވާ ކުދިން ސްކޫލަށް ނުފޮނުވުމަށާއި ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވެސް ވީހާ ބޮޑަށް އެޅުމަށް އަޅުގަނޑުމެން އިލްތިމާސް ކުރަން،” އޮފިޝަލް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.