އޭދަފުށީގައި ކޭކު އަޅަން ދަސްކޮށްދޭ ކޯސްތަކެއް ފަށަނީ

14884651_1409535322397924_694759529146870352_o

އީއެފްއީއެސް އިންސްޓިޓިއުޓް އޮފް ކޭކް ޑެކަރޭޝަން އެންޑް އާޓްސް އާއި އޭދަފުށީ ފޭލި ޖަމިއްޔާ ގުޅިގެން ކޭކު އަޅަން ދަސްކޮށްދޭ ބައިނަލް އަގްވާމީ ފެންވަރުގެ ކޯސްތަކެއް އޭދަފުށީގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން އަންނަމަހު ފަށާ ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މި ކޯހުގައި ކިޔަވައިދޭނީ ކެއްކުމުގެ އީއެފް އީއެސް އިންސްޓިޓިއުޓް އޮފް ކޭކް ޑެކަރޭޝަން އެންޑް އާޓްސްގެ ކޮލިފައިޑް ލެކްޗަރާއިންނެވެ. އަދި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް އެމެރިކާގެ ވިލްޓަންގެ ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓެއް ލިބޭނެ ކަމަށް ފޭލި ޖަމިއްޔާއިން ބުންޏެވެ.

އީއެފްއީއެސް އިންސްޓިޓިއުޓް އޮފް ކޭކް ޑެކަރޭޝަން އިން ޑެކަރޭޓްކޮށްފައިވާ ކޭކްތަކެއް
އީއެފްއީއެސް އިންސްޓިޓިއުޓް އޮފް ކޭކް ޑެކަރޭޝަން އިން ޑެކަރޭޓްކޮށްފައިވާ ކޭކްތަކެއް

” މި ކޯސްތައް އަމާޒު ކޮށްފައިވާނީ މުޅި ބ އަތޮޅަށް ، ބައިވެރިންނަށް ކޭކު އަޅަން ބޭނުންވާ ކިޓް އެއްކޮށް ލިބޭނެ. މިއީ ބައިނަލް އަގްވާމީ ފެންވަރުގެ ކޯސްތަކެއް، 10 ދުވަހުން މުޅި ސިލަބަސް ކަވަރު ކޮށްދެވޭނެ، އަޅުގަނޑުމެންގެ އަމާޒަކީ ގޭގައި ތިބެގެން ނަފާ ހޯދަން ބޭނުންވާ މީހުންނަށް ވީހާވެސް ކައިރިން ތަމްރީން ޕްރޮގްރާމްތަށް ހިންގޭނެ ގޮތްތަކެއް ފަހިކޮށްދިނުން. އެގޮތުން މިއީ އިންޓަނޭޝަނަލް ފެންވަރުގެ މިކަހަލަ ކޯސްތަކެއް ބ އަތޮޅުގައި ހިންގޭ ފުރަތަމަ ފަހަރު،” ރަޝީދު ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވި ގޮތުގައި ވިލްޓަން މެތަޑް އޮފް ކޭކް ޑެކަރޭޝަން ކޯސް 1 ގެ ފީއަކީ -/2700 ރުފިޔާ އެވެ. އަދި އެޑްވާންސް ކޯހުގެ ފީއަކީ -/3500 ރުފިޔާ އެވެ.

“ކޮންމެ ކޯހަކަށް ވެސް އޮތީ އެންމެ 20 ޖާގަ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 9631111، 7977087, 7991220 ނަންބަރަށް ގުޅައިގެން މިހާރު ނަން ނޯޓް ކުރެވޭނެ،”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.