އޭދަފުށީގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ސައިކަލެއްގައި ޖެހި، ފަސް އަހަރުގެ ކުޑަ ކުއްޖަކަށް އަނިޔާވެއްޖެ އެވެ.
މި އެކްސިޑެންޓް ހިނގީ މިއަދު ހަވީރު 5:45 ހާއިރު މިރަށު ފުއްޓަރުގެއާ ދިމާ ހިއްކި ސަރައްދުގަ އެވެ.
“ކުދިންތައް އެވަގުތު އެތާ ކުޅެން އުޅޭތީ ވަރަށް މަޑުމަޑުން ސައިކަލު ދުއްވާފައި ދަނިކޮށް އެ ކުއްޖާ ކުއްލިއަކަށް އައިސް ސައިކަލުގައި ޖެހިފައި ވެއްޓުނީ. ދެން އެ ވަގުތު ސައިކަލް އަރިއަޅައި ވެއްޓި އެ ކުއްޖާގެ ފައި ފިތުނީ”
އެކްސިޑެންޓްގައި ކުޑަކުއްޖާގެ ފައި މަށައިގެން ދިޔަ ނަމަވެސް މާބޮޑު އަނިޔާއެއް ނުލިބެ އެވެ.
“އީޓީ” އަށް އެނގިފައިވާ ގޮތުގައި އެ ސައިކަލު ދުއްވަން އިނީ 18 އަހަރު ނުވާ ފިރިހެން ކުއްޖެކެވެ. މި މައްސަލަ ތަހުގީގު ކުރުމަށް އެ ކުއްޖާ މިރޭ އިރާކޮޅު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ
thikan thi kuri kujjaa ge evves kusheh neih. V bodu olhuvaalimeh mee