ވިލާ ހޮޓެލްސްގެ ފަރާތުން ބ. އަތޮޅުގައި ހިންގަމުން އަންނަ ރޯޔަލް އައިލެންޑް ރިސޯޓުގެ ބައެއް ވަޒީފާތަކަށް މީހުން ހޯދަން އިއުލާން ކޮށްފި އެވެ.
ރޯޔަލް އައިލެންޑް ރިސޯޓުން މީހުން ހޯދަން އިއުލާން ކޮށްފައިވާ ވަޒީފާ ތަކުގެ ތެރޭގައި ރެސްޓޯރަންޓް ވެއިޓަރު، ވޯޓަ ސްޕޯޓްސް އެސިސްޓެންޓް އަދި ޕޭންޓްރީ ބޯއީ ހިމެނެ އެވެ. އޭގެ އިތުރުން ޖެނެރަލް މެނޭޖަރު (ޖީއެމް) ގެ ސެކްރެޓަރީ އަކަށް އަންހެން ކުއްޖަކު ވެސް އެ ރިސޯޓަށް ބޭނުން ވެގެން އިއުލާންކޮށްފައިވެ އެވެ.
މި ވަޒީފާތައް އެ ރިސޯޓްގައި އަދާކުރަން ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފި އެވެ.
މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން ސީވީ އާއެކު އައިޑީކާޑު އަދި ޕޮލިސް ރިޕޯޓް [email protected] އަށް އީ-މެއިލު ކުރުމަށް ރޯޔަލް އައިލެންޑް ރިސޯޓުން އެދެއެވެ.