މޯލްޑިވިއަން އައިޑޮލް 2 އަންނަ ހުކުރު ދުވަހުގެ ރޭ ދައްކަން ފަށަނީ

ބ. އޭދަފުށީގައި ކުރިއަށްދިޔަ ޖަޖަސް އޮޑިޝަން ޝޫޓް ކުރުމުގެ މަސައްކަތުގައި މޯލްޑިވިއަން އައިޑޮލްގެ ޓީމް ހަރަކާތްތެރިވަނީ: ސީޒަން 2 އަންނަ ހުކުރު ދުވަހުގެ ރޭ ދައްކަން ފަށާނެ / އަވަސް ފޮޓޯ: އަފްޝީން ނަސީރު

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިއަލިޓީ ޝޯ “މޯލްޑިވިއަން އައިޑޮލް” ގެ ދެވަނަ ސީޒަން އަންނަ ހުކުރު ދުވަހުގެރޭ ފަށާނެކަމަށް ޓީވީއެމް ހިންގާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބުނެފި އެވެ.

ޕީއެސްއެމުން ބުނިގޮތުގައި އަންނަ ހުކުރު ދުވަހުގެ ރޭ ބެލުންތެރިންނަށް އައިޑޮލްގެ ސީޒަން ދޭއްގެ ފުރަތަމަ އެޕިސޯޑް ފެނިގެންދާނެ އެވެ. ފުރަތަމަ ދައްކާނީ އޮޑިޝަންތަކެވެ.

ބ. އޭދަފުށީގައި ކުރިއަށްދިޔަ އޮޑިޝަންގެ ތެރެއިން. ސީޒަން 2 އަންނަ ހުކުރު ދުވަހުގެ ރޭ ދައްކަން ފަށާނެ / އަވަސް ފޮޓޯ: އަފްޝީން ނަސީރު
ބ. އޭދަފުށީގައި ކުރިއަށްދިޔަ އޮޑިޝަންގެ ތެރެއިން. ސީޒަން 2 އަންނަ ހުކުރު ދުވަހުގެ ރޭ ދައްކަން ފަށާނެ / އަވަސް ފޮޓޯ: އަފްޝީން ނަސީރު

ސީޒަން ދޭއްގެ އޮޑިޝަންތައް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ވަނީ ބާއްވައިފަ އެވެ. އެއީ އައްޑޫ ސިޓީ، ލ. ގަން، ބ. އޭދަފުށި، މާލެ ސިޓީ އަދި ހދ. ކުޅުދުއްފުށީގަ އެވެ. އެ ފަސް އޮޑިޝަނުން ޖުމްލަ 43 ބައިވެރިޔަކު ވަނީ ޝޯގެ ފުރަތަމަ ރައުންޑް ކަމަށްވާ ތިއޭޓާ ރައުންޑަށް ގޮސްފަ އެވެ.

ތިއޭޓާ ރައުންޑް ވެސް މިދިޔަ ޑިސެމްބަރު މަހު ވަނީ ޝޫޓްކޮށްފަ އެވެ. އެ ރައުންޑް ޝޫޓްކުރީ މަތިވެރީގެ ފަޅު ތެރެ އާއި އެ ރަށާ ކައިރީގައި އޮންނަ ފިނޮޅެއްގަ އެވެ. އެހެންކަމުން މިދިޔަ ސީޒަނަށް ވުރެން ވެސް މި ސީޒަނުގެ ހިތްގައިމުކަން ބޮޑުވާނެ ކަމަށް ބެލެވެ އެވެ.

މަތިވެރީގެ ފަޅު ތެރޭގައި އޮންނަ ހިތް ފަސޭހަ ފިނޮޅުގައި 43 ބައިވެރިން ގްރޫޕް ލަވަތަކެއް ހުށަހަޅައިދިންއިރު މި ބައިން 19 ކުދިން މުބާރާތާއި ވަކިވެގެން ދާނެ އެވެ. ތިއޭޓާ ރައުންޑުގެ ދެ ވަނަ ބައި ރަށުގެ ފަޅު ތެރޭގައި ކުރިއަށް ގެންދިޔައިރު 24 ކުދިން ވާދަކޮށް އަށް ކުއްޖަކު މުބާރާތާއި ވަކިވެގެން ދާނެ އެވެ.

ބ. އޭދަފުށީގައި ކުރިއަށްދިޔަ އޮޑިޝަންގެ ތެރެއިން. ސީޒަން 2 އަންނަ ހުކުރު ދުވަހުގެ ރޭ ދައްކަން ފަށާނެ / އަވަސް ފޮޓޯ: އަފްޝީން ނަސީރު
ބ. އޭދަފުށީގައި ކުރިއަށްދިޔަ އޮޑިޝަންގެ ތެރެއިން. ސީޒަން 2 އަންނަ ހުކުރު ދުވަހުގެ ރޭ ދައްކަން ފަށާނެ / އަވަސް ފޮޓޯ: އަފްޝީން ނަސީރު

“މޯލްޑިވިއަން އައިޑޮލް 2” ގެ ޖަޖުންގެ ތެރޭގައި މި ފަހަރު ވެސް ކުރީ ސީޒަންގެ ދެ ޖަޖުން ހިމެނެ އެވެ. އެއީ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އާއި މަރިޔަމް އުނޫޝާ (ކިޑީ) އެވެ. ތިން ޖަޖުން ހިމެނޭ ޕެނަލުން އަހުމަދު އިބްރާހީމް (އައްމަޑޭ) ބާކީކޮށް، ޕެނަލާ މި ފަހަރު ގުޅުނީ އަރައަމުން ޒުވާން ލަވަ ކިޔުންތެރިޔާ އިސްމާއީލް އައްފާނެވެ.

ރާއްޖޭގެ އާބާދީ ބޮޑު ފަސް ސަރަހައްދެއްގައި އޮޑިޝަން ބާއްވައިގެން ޓައިޓްލް ލިބޭ ލަވަ ކިއުންތެރިއަކަށް 250،000ރ. ގެ ފައިސާގެ އިނާމް ދިން “މޯލްޑިވިއަން އައިޑޮލް” ގެ ފުރަތަމަ ސީޒަން ކާމިޔާބުކޮށްފައި ވަނީ ލައިޝާ ޖުނައިދެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.