މިދިޔަ އަހަރު އެންމެ ގިނަ ރިސޯޓް ހުޅުވީ ބ. އަތޮޅުގައި

ބ. އަތޮޅު ދިގުފަރު ވިނަގަނޑުގައި ތަރައްގީކުރި ދިގުފަރު އައިލެންޑް ރިސޯޓް - ފޮޓޯ / ދިގުފަރު ރިސޯޓް
ބ. އަތޮޅު ދިގުފަރު ވިނަގަނޑުގައި ތަރައްގީކުރި ދިގުފަރު އައިލެންޑް ރިސޯޓް – ފޮޓޯ / ދިގުފަރު ރިސޯޓް

މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގައި އެންމެގިނަ އަދަދެއްގެ ރިސޯޓް ހުޅުވި އަތޮޅަކަށް ބ. އަތޮޅު ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރު ބ. އަތޮޅުގައި އަލަށް ހަތަރު ރިސޯޓްވަނީ ހުޅުވައިފަ އެވެ.

މިއަތޮޅުގައި މިދިޔަ އަހަރު އަލަށް ހުޅުވި ރިސޯޓްތަކަކީ ކަނިފުށީގައި ތަރައްގީކުރި ފިނޮޅު ރިސޯޓް، ދިގުފަރު ވިނަގަނޑުގައި ތަރައްގީކުރި ދިގުފަރު އައިލެންޑް ރިސޯޓް، މިލައިދޫގައި ތަރައްގީކުރި މިލައިދޫ އައިލެންޑް އަދި ވޯވަށުގައި ތަރައްގީކުރި ފޯ ސީޒަންސް ވޯވަށް ޕްރައިވެޓް އައިލެންޑް ރިސޯޓެވެ.

ި ވޯވަށުގައި ތަރައްގީކުރި ފޯ ސީޒަންސް ވޯވަށް ޕްރައިވެޓް އައިލެންޑް ރިސޯޓް. /ފޮޓޯ / ވޯވައް
ވޯވަށުގައި ތަރައްގީކުރި ފޯ ސީޒަންސް ވޯވަށް ޕްރައިވެޓް އައިލެންޑް ރިސޯޓް. /ފޮޓޯ / ވޯވައް
ފިނޮޅު ރިސޯޓް
ފިނޮޅު ރިސޯޓް

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރަކީ މުޅި ރާއްޖޭގައިވެސް އެންމެ ގިނަ ރިސޯޓް ހުޅުވި އަހަރެވެ. އެގޮތުން ބ. އަތޮޅުގައި ހުޅުވި ރިސޯޓް ތަކާއެކު ޓޫރިސްޓުން ބައިތިއްބަން މިދިޔަ އަހަރު 124 ތަނަކަށް ވަނީ ހުއްދަ ދީފަ އެވެ. އެއީ 11 ރިސޯޓަކަށާއި 11 ސަފާރީ އަކަށާއި 101 ގެސްޓްހައުސެއްގެ އިތުރުން، ޓޫރިސްޓް ހޮޓަލަކަށެވެ.

މިލައިދޫ އައިލެންޑް. ފޮޓޯ / މިލައިދޫ
މިލައިދޫ އައިލެންޑް. ފޮޓޯ / މިލައިދޫ

ތަފާސް ހިސާބުތަކާ އެކު ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ ބަޔާނުގައިވާ ގޮތުގައި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި މިހާތަނަށް އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ ރިސޯޓް ހުޅުވާފައިވާ އަހަރެވެ.

އަލަށް ހުޅުވި ރިސޯޓްތަކާއެކު މިހާރު ވެސް 13 ރިސޯޓް ހިންގަމުން އަންނަ ބ. އަތޮޅުގައި އިތުރު ރިސޯޓްތަކެއް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.