އަދިވެސް ރިހުން އެބަހުރި، އެކަމަކު ހާލު އަންނަނީ ރަނގަޅުވަމުން: ވަޖުދީ

މޫސާ ވަޖުދީ (ކ) އާއިލާގެ ބައެއް ބޭފުޅުންނާއެކު. އޭނާ އިތުރު ފަރުވާއަށް މާދަމާ ބޭރަށް ފުރާނެ-- ފޮޓޯ / ފޭސްބުކް
މޫސާ ވަޖުދީ (ކ) އާއިލާގެ ބައެއް ބޭފުޅުންނާއެކު. އޭނާ އިތުރު ފަރުވާއަށް މާދަމާ ބޭރަށް ފުރާނެ– ފޮޓޯ / ފޭސްބުކް

މަތިންދާބޯޓަށް އަރާ ސިޑި (އެއާސްޓެއާ) އެއްގައި ސިފައިންގެ ހެލިކޮޕްޓަރެއްގެ ބުރަފަތީގެ ފިޔަގަނޑުން ޖެހި، މިމަހުގެ އެއްވަނަ ދުވަހު ހިނގި އެކްސިޑެންޓުގައި ޒަހަމްވި ބ. ހިތާދޫ މޫސާ ވަޖުދީއަށް ލިބުނު އަނިޔާތަކުގެ ސަބަބުން އަދިވެސް ރިހުން އެބަހުރި ކަމަށާއި ނަމަވެސް ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް އޭނާ ބުނެފި އެވެ.

މިއަދު “އީޓީ” އާ ވާހަކަ ދައްކަމުން ވަޖުދީ ބުނީ ފަރުވާއަށްފަހު އޭޑީކޭ އިން ގެއަށް ދޫކޮށްލި ފަހުން ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށާއި އިތުރު ފަރުވާއަށް އިންޑިޔާއަށް ފުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

“ގެއަށް ފޮނުވާލިފަހުން ކުރިއެރުންތަކެއް ލިބެމުން އަންނަނީ. އެކަމަކުވެސް އަދިވެސް ބޮޑެތި އުނދަގޫތަކެއް ހުރޭ، ހަށިގަނޑުގެ ތެރޭގައި އަދި އެއްބައި ހުރުމާއެކު އިތުރު ފަރުވާއަށް މާދަމާ އިންޑިޔާގެ ބެންގަލޫރަށް ފުރަން ތައްޔާރުވަމުން މިއަންނަނީ،”

މި ހާދިސާގައި ވަޖުދީގެ ލިވަ ވަރަށް ބޮޑަށް ހަލާކުވެ، އޭނާ އަށް ދިމާވީ ވަރަށް ހިތާމަވެރި ގޮތެކެވެ.

އެކްސިޑެންޓް ހިނގި ދުވަހުގެރޭ ވަގުތުން މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް، ބެލިބެލުމުން އެނގުނީ އޭނާގެ ބަނޑަށް ވަތް ދަގަނޑުގަނޑު ކުދިކުދިވެ، 22 އެތިކޮޅަށް ބައިބައިވެފައިވާ ކަމެވެ. އެރޭ ހައެއްކަ ގަޑި އިރު ވަންދެން ކުރި އޮޕަރޭޝަނަކަށް ފަހު 21 އެތިކޮޅު ވަނީ ނަގައިފަ އެވެ. އެކަތިކޮޅު ފެންނަ ވަރެއް ނުވި އެވެ.

އެހެންވެ، އޭނާގެ ހާލު ސްޓޭބަލް ވުމުން އަލުން އޮޕަރޭޝަންކޮށް އެ އެތިކޮޅު ނެގުމަށް ޑޮކްޓަރުން ކުރިންވެސް ވަނީ ނިންމާފައިފަ އެވެ.  އެކަމަކު ލިވަ ގްރޯ ވާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ވަޖުދީގެ އާއިލާގެ ބޭފުޅަކު ވަނީ ބުނެފަ އެވެ.

ވަޖުދީގެ ބޭސްފަރުވާގެ ހުރިހާ ހަރަދަކާ ވަނީ ހަވާލުވެފައިވަނީ އޭނާ މަސައްކަތް ކުރާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ. މާދަމާ ވަޖުދީ އުތުރު ފަރުވާއަށް ބޭރަށް ފުރާއިރުވެސް އެ ހުރިހާ ހަރަދަކާވެސް ހަވާލުވެފައިވަނީ އެ ކުންފުނީގެ ފަރާތުންނެވެ.

“ކުންފުނީގެ އިތުރުން އެމްޑީއެފްގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުން ލިބޭ،”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.