ޓްރެވެލާސް ޗޮއިސްގައި ލަނޑާ ގިރާވަރާއި ސޮނޭވާ ހިމެނިއްޖެ

ބ. އަތޮޅު ހިންގަމުން އަންނަ ފޯ ސީޒަންސް ރިސޯޓް އެޓް ލަނޑާ ގިރާވަރު.
ބ. އަތޮޅު ހިންގަމުން އަންނަ ފޯ ސީޒަންސް ރިސޯޓް އެޓް ލަނޑާ ގިރާވަރު.

މަޝްހޫރު ޓްރެވަލް ވެބްސައިޓް ޓްރިޕްއެޑްވައިޒާގެ ޓްރެވެލާސް ޗޮއިސްގައި ހޮވާ ޓްރެވެލާސް ޗޮއިސްގައި ބ. އަތޮޅުގެ ދެ ރިސޯޓެއް ހިމެނިއްޖެ އެވެ.

ޓްރިޕްއެޑްވައިޒާ އިން އަހަރަކު އެއްފަހަރު ނެރޭ ލިސްޓްގެ މި އަހަރުގެ އަދަދު އިއްޔެ ނެރެފައިވާއިރު އެ ލިސްޓުގައި ބ. އަތޮޅުން ހިމެނިފައިވަނީ ފޯ ސީޒަންސް ރިސޯޓް އެޓް ލަނޑާ ގިރާވަރު އާއި ސޮނެވާފުށީ ރިސޯތެވެ.

އެގޮތުން އެ ލިސްޓްގައިވާ ވާގޮތުގައި ގޮތުގައި، މިއަތޮޅު ލަނޑާގިރާވަރު ހިމެނިފައިވަނީ އޭޝިއާ ސަރަހައްދުން އެންމެ ފާހަގަކޮށްލެވޭ ރިސޯޓްތަކުގެ ތެރޭގަ އާއި އެންމެ ހިދުމަތް ރަނގަޅު ރާއްޖޭގެ ރިސޯޓްތަކުގެ ތެރޭގަ އެވެ.

ސޮނެވާފުށީ ރިސޯޓް
ސޮނެވާފުށީ ރިސޯޓް

އެ ލިސްޓްގައި ސޮނެވާފުށީ ރިސޯޓް ހިމެނިފައިވަނީ ރާއްޖެ އަށް އެކަނި ބަލާއިރު އެންމެ ރަނގަޅު ރިސޯޓްތަކުގެ ތެރޭގަ އާއި އެންމެ ހިދުމަތް ރަނގަޅު ރާއްޖޭގެ ރިސޯޓްތަކުގެ ތެރޭގަ އެވެ.

ޓްރިޕްއެޑްވައިޒާ އިން ހޮވާ ދުނިޔޭގެ އެންމެ ރަނގަޅު ޓޫރިސްޓް ހޮޓާ އަދި ރިސޯޓްތަކުގެ ތެރޭގައި ރާއްޖޭގެ ދެ ރިސޯޓެއް މިފަހަރު ވަނީ ހިމެނިފަ އެވެ. އެއީ ޖޭއޭ މަނަފަރާއި ކަނދޮޅު މޯލްޑިވްސް އެވެ. މީގެ އިތުރުންވެސް އެކި އެ ލިސްޓުގެ އެކި ކެޓަގަރީ ތަކުގައި ރާއްޖޭގެ ގިނަ ރިސޯޓްތަކެއް ވަނީ ހިމެނިފަ އެވެ.
ޓްރިޕްއެޑްވައިޒާގެ ޓްރެވެލާސް ޗޮއިސްގައި ހިމަނަނީ އެ ވެބްސައިޓް މެދުވެރިކޮށް ބުކިން ހަދާ ފަރާތްތަކާއި ލިބޭ ރިވިއުތަކަށް ބެލުމަށް ފަހު، އެންމެ ގިނަ އަދަދެއްގެ މީހުންނަށް ކަމުދާ ތަންތަނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.