އައިލެންޑް އޭވިއޭޝަނުން ބ. އަތޮޅު މަދަރުސާއަށް ހަ ކޮމްޕިއުޓަރު ހަދިޔާކޮށްފި

އައިއެސް އައިއޭއީ ދަރަވަނދޫ ސްކޫލަށް ހަ ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާކޮށްދެއްވަނީ-- ފޮޓޯ އައިލެންޑް އޭވިއޭޝަން
އައިއެސް އައިއޭއީ ދަރަވަނދޫ ސްކޫލަށް ހަ ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާކޮށްދެއްވަނީ– ފޮޓޯ އައިލެންޑް އޭވިއޭޝަން

ބ. ދަރަވަންދޫގައި ހުންނަ މިއަތޮޅު އަތޮޅު މަދަރުސާއަށް އައިލެންޑް އޭވިއޭޝަނުން ހަ ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާކޮށްފި އެވެ.

ބ. ދަރަވަންދޫގައި އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު ވިދާޅުވީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ދަރަވަންދޫ ސްކޫލަށް މި ކޮމްޕިއުޓަރުތައް ހަދިޔާކުރީ އެރަށުގެ ރައްޔިތުންނާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން ކަމަށެވެ.

“އަޅުގަނޑުމެން ދަރަވަންދޫގައި އެއާޕޯޓެއް ވެސް ހިންގަމުން ގެންދަން. އެހެންވެ އަޅުގަނޑުމެންނާ ދަރަވަންދޫގެ ރައްޔިތުންނާ ދެމެދު ގާތް ގުޅުމެއް އޮވޭ،” ނަޝާތު ވިދާޅުވި އެވެ.

ބ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ޝަރީފާ ސައީދު ވިދާޅުވީ މި ކޮމްޕިއުޓަރުތަކާއެކު ދެވަނަ ޓާމްގައި އެ ސްކޫލުގައި ކޮމްޕިއުޓަރު ކްލާސްތައް ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

“ކޮމްޕިއުޓަރު ލެބަކީ 2003 ވަނަ އަހަރު ބެލެނިވެރިންގެ މަސައްކަތުން ހެދި ތަނެއް. ނަމަވެސް އެތަނުގެ ކޮމްޕިއުޓަރުތަކުގައި މިހާރު ހުރީ މައްސަލަ ޖެހިފައި. އެހެންވެ މިފަދަ އެހީއެއް ބޭނުންވެފަ މިތިބީ. އެކަމަށް މަސައްކަތް ވެސް ކުރަމުން މިދަނީ. އެހެންވެ މި ކޮމްޕިއުޓަރުތަކުގެ ސަބަބުން ކްލާސްތައް ފަށަން މަސައްކަތް މި ކުރަނީ،” ޝަރީފާ ވިދާޅުވި އެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރަށް އުދުހެމުން އަންނަ އައިލެންޑް އޭވިއޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ އެހީތަކެއް އެކި ފަރާތްތަކަށް އެ ކުންފުނިން ދެމުން ގެންދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.