ތަފާތު ބާބަކިޔު އަކާއެކު އާ ޖަމިއްޔާއެއް މިރޭ އިފްތިތާހު ކުރަނީ

ކްލަބް ކޮމްބިނޭޝަނުން ރަށުތެރެ ސާފުކުރުމުގެ މަސައްކަތުގައި ކުރިން ހަރަކާތްތެރިވަނީ. މިރޭ އޭދަފުށީގައި އާ ޖަމިއްޔާއެއް އިފްތިތާހު ކުރާނެ
ކްލަބް ކޮމްބިނޭޝަނުން ރަށުތެރެ ސާފުކުރުމުގެ މަސައްކަތުގައި ކުރިން ހަރަކާތްތެރިވަނީ. މިރޭ އޭދަފުށީގައި އާ ޖަމިއްޔާއެއް އިފްތިތާހު ކުރާނެ

އޭދަފުށީ ހުޅަނގު ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ޒުވާން ގްރޫޕެއް ކަމަށްވާ “ހުސް ސޮންގުން” ގްރޫޕުގެ އޭދަފުށީގައި މުޅިން އާ ޖަމިއްޔާއެއް މިރޭ އިފްތިތާހު ކުރާނެ އެވެ.

ޖަމިއްޔާ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ޝަރީފު “އީޓީ” އާ ވާހަކަ ދައްކަމުން ބުނި ގޮތުގައި އެ ޖަމިއްޔާ އިފްތިތާހު ކުރުން އޮންނާނީ “ހުސް ސޮންގުން” ގްރޫޕުގެ ފުޓްބޯޅަ ޓީމަށް މިދިޔަ އަހަރު ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މިރޭ ހުޅަނގު ސަރަހައްދު ހިއްކި ބިމުގައި ބާއްވާ ހާއްސަ ހަރަކާތެއްގެ ެތެރެއިންނެވެ.

“މި ކާމިޔާބީ ފާހަގަ ކުރުމުގެ ތެރެއިން އަޅުގަޑުމެން މިރޭ މި އާ ޖަމިއްޔާއެއް އިފްތިތާހު ކުރަނީ، އެގޮތުން ޖަމިއްޔާ އިފްތިތާކު ކުރެވިގެންދާނީ ތަފާތު ބާބަ ކިޔު އަކާއެކު، ޖަމިއްޔާގެ ނަންވެސް މިރޭ އެ ހަރަކާތުގެ ތެރެއިން އިއުލާން ކުރާނެ. އަދި ހުސް ސޮންގުން ފުޓްބޯޅަ ޓީމުގެ ޖޯޒީ ވެސް މިރޭ ދައްކާލާނެ،

ޝަރީފު ބުނީ މުނިފޫހި ފިލުވުމުގެ އައިޓަމެއްގެ ގޮތުގައި ޑައުން ޓައުން ބޮޑުބެރު ގްރޫޕުގެ ހަރަކާތްތަކެއްވެސް މިރޭ އާ ޖަމިއްޔާ އިފްތިތާހު ކުރުމުގެ ތެރެއިން ކުރިއަށްދާނެ އެވެ.

“ހުސް ސޮންގު” ގްރޫޕަކީ އޭދަފުށީ ސުހުޅަނގު ސަރަހައްދުގެ ޒުވާނުންތަކެއް އިސްނަގައިގެން މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ގްރޫޕެކެވެ. މިދިޔަ ދުވަސް ތަކުގައި އެ ގްރޫޕޫ ބޮޑަށް ފެނިފައިވަނީ ކުޅިވަރުގެ ހަރަކާތްތަކުގަ އެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި ބޮޑު އީދު ފުޓްބޯޅަ އަދި އަންހެނުންގެ ފުޓްސަލު މުބާރާތުން އެ ހުސް ސޮންގުން ޓީމުން އަލަށް ބައިވެރިވެ ވަނީ ރަނާއަޕް ހޯދައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.