ދިރާގުން ކޮންމެ ޑޭޓާ ޕްލޭނަކަށް 50 ޕަސެންޓް ޑޭޓާ ހިލޭ

ދިރާގު ހެޑް އޮފީސް.  ޕަވާ ޑޭޓާ ޕްލޭނަކަށް 50 ޕަސެންޓް ޑޭޓާ ހިލޭ ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން މިއަދު ވަނީ ފަށައިފައި.- ފޮޓޯ/ ދިރާގު
ދިރާގު ހެޑް އޮފީސް. ޕަވާ ޑޭޓާ ޕްލޭނަކަށް 50 ޕަސެންޓް ޑޭޓާ ހިލޭ ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން މިއަދު ވަނީ ފަށައިފައި.- ފޮޓޯ/ ދިރާގު

ދިރާގުން ނަގާ ކޮންމެ ޕަވާ ޑޭޓާ ޕްލޭނަކަށް 50 ޕަސެންޓް ޑޭޓާ ހިލޭ ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި ދިރާގުގެ ކޮންމެ ޓޭޑާ ޕްލޭނެއް އެކްޓިވޭޓް ކުރުމާ އެކު 50 ޕަސެންޓްގެ ޑޭޓާ މުޅިން ހިލޭ އޮޓަމެޓިކުން ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

50% extra data ad

މި ޕްރޮމޯޝަންގެ ދަށުން ދިރާގުގެ ޕަވަ 500 އެމްބީގެ ޕެކޭޖުން، 750 އެމްބީ، ޕަވަ 2 ޖީބީގެ ޕެކޭޖުން 3 ޖީބީ، ޕަވަ 3 ޖީބީގެ ޕެކޭޖުން 4.5 ޖީބީ، ޕަވަ 5 ޖީބީގެ ޕެކޭޖުން 7.5 ޖީބީ، ޕަވަ 8 ޖީބީގެ ޕެކޭޖުން 12 ޖީބީ އަދި ޕަވަ 15 ޖީބީގެ ޕެކޭޖުން 22.5 ޖީބީ ލިބޭނެ އެވެ.

ދިރާގުން ބުނި ގޮތުގައި، މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 9 ގެ ނިޔަލަށެވެ.

ދިރާގުގެ 3ޖީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ އިރު ރާއްޖޭގެ އާބާދީގެ 60 ޕަސެންޓަށް 4ޖީގެ ހިދުމަތް މިހާރު ވަނީ ފުޅާކޮށްފަ އެވެ. އަދި މުޅި ރާއްޖެއަށް 4ޖީގެ ހިދުމަތް ފުޅާކުރުމަށް ދިރާގުން މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.