ވެސްޓް ވިންގްސް ގެ ނަމުގައި މުޅިން އާ ޖަމިއްޔާއެއް އިފްތިތާހްކޮށްފި

އާ ޖަމިއްޔާ އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ހަފްލާގެ ތެރެއިން .. | ރާއިފް ޔޫސުފް / އީޓީ ފޮޓޯ
އާ ޖަމިއްޔާ އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ހަފްލާގެ ތެރެއިން .. | ރާއިފް ޔޫސުފް / އީޓީ ފޮޓޯ

ވެސްޓް ވިންގްސް އޭދަފުށީގެ ނަމުގައި މުޅިން އާ ޖަމިއްޔާއެއް އިފްތިތާހް ކޮށްފިއެވެ.

ކުރިން ހުސް ސޮގުންގެ ނަމުގައި ހަރަކާތްތެރިވި އޭދަފުށީ ހުޅަނގު އަވަށަށް ނިސްބަތްވާ ޒުވާނުންގެ ގްރޫޕަކުން މިނަމުގައި ޖަމިއްޔާ ރަސްމީކޮށް އިފްތިތާހް ކޮށްފައިވަނީ މިރޭ އޭދަފުށީ ހުޅަނދު ސަރަހައްދުގައި ބޭއްވި ހަފްލާއެއްގަ އެވެ.

މި ހަފްލާގައި ވެސްޓް ވިންގްސް އޭދަފުށި ޖަމިއްޔާއިން ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ކޮށްފައިވާ މަސައްކަތްތަކާއި ލިބިފައިވާ ކާމިޔާބީތަކުގެ ޕްރެސެންޓޭޝަނެއް ހުށަހަޅާފައެވެ. މީގެ އިތުރުން އަލަށް ތަޢާރަފް ކުރެވުނު ޖަމިއްޔާގެ ލޯގޯ ވަނީ

ލޯންޗު ކޮށްފައެވެ. އެ ޖަމިއްޔާގެ އިސް މެމްބަރަކު “އީޓީ” އާ ވާހަކަދައްކަމުން ބުނީ ވެސްޓް ވިންގްސް ގެ ފަރާތުން ކުރިއަށް އޮތް އަހަރުތަކުގައި އޭދަފުށީގައި ބާއްވާ ހުރިހާ ކުޅިވަރު މުބާރާތްތަކުގައި ވާދަކުރާނެ ކަމަށެވެ.

” އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އޭދަފުށީގައި ބާއްވާ ހުރިހާ ކުޅިވަރު މުބާރާތެއްގައި ބައިވެރިވާނަން. މީގެ އިތުރުން ރަށަށް ކުރިއެރުން ލިބޭ ކޮންމެ ކަމެއްގަ ރަށު ކައުންސިލުގެ އިތުރުން އެހެނިހެން މުއައްސަސާތަކާ ގުޅިގެންވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެން. އަދި އިޖްތިމާއީ ގޮތުންވެސް ޖަމިއްޔާގެ ފަރާތުން ކުރިއަށް އޮތް އަހަރުތަކުގައި ކަންކަން ރާވާނަން “

މީގެ އިތުރުން މި ހަފްލާގައިވަނީ މިނިވަން ފަންސާން ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި އޭދަފުށީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ޕްރެސެންޓޭޝަނެއް ދައްކާފައެވެ. އަދި ވެސްޓް ވިންގްސް ޖަމިއްޔާގެ ފުޓްބޯޅަ ޓީމުން މި އަހަރު ބޭނުންކުރާނެ ޖޯޒީވެސް ވަނީ ދައްކާލާފައެވެ.

ބާބަކިއުއާއެކު އަދި އޭދަފުށީ ޑައުންޓަނުން ބޮޑުބެރު ގްރޫޕުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިޔަ މި ހަފްލާގައި އެ ޖަމިއްޔާއަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ވެސްޓް ޔޫނިއަން އޭދަފުށި ޖަމިއްޔާ އިފްތިތާހް ކުރުމުގެ ހަފްލާގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ވެސްޓް ވިންގްސް އޭދަފުށި ޖަމިއްޔާ އިފްތިތާހް ކުރުމުގެ ހަފްލާގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ވެސްޓް ޔޫނިއަން ވިންގްސް ޖަމިއްޔާ އިފްތިތާހް ކުރުމުގެ ހަފްލާގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ވެސްޓް ޔޫނިއަން އޭދަފުށި ޖަމިއްޔާ އިފްތިތާހް ކުރުމުގެ ހަފްލާގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ވެސްޓް ވިންގްސް އޭދަފުށި ޖަމިއްޔާ އިފްތިތާހް ކުރުމުގެ ހަފްލާގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ވެސްޓް ޔޫނިއަން އޭދަފުށި ޖަމިއްޔާ އިފްތިތާހް ކުރުމުގެ ހަފްލާގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.