އަތޮޅު ފެރީތައް ދުވެލި ބާރު ފެރީތަކަށް ބަދަލުކުރަނީ

Ferry

އެމްޓީސީސީން އަތޮޅު ތެރޭގައި ދެމުންގެން އަންނަ ފެރީގެ ޚިދުމަތުގައި ބޭނުންކުރާ އުޅަނދުތަކުގެ ފަރުމާއަށް ބަދަލުތަކެއް ގެނެސް، ދުވެލި ބާރު އާ ފެރީ ތަކެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެރާންސްޕޯޓް ޑިވިޝަންގެ ޖެނެރަލް މެނޭޖަރު އިބްރާހީމް ލަތީފް ޕީއެސްއެމް އަށް ވިދާޅުވީ އެ ކުންފުނިން އަތޮޅުތަކަށް ދެމުންގެންދާ ހިދުމަތަކީ އާއްމުންނަށް ބޭނުންކުރަން ފަސޭހަ ޙިދުމަތަކަށް ހެދުމުގެ ގޮތުން ، ފެރީގެ ނިޒާމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން އެންމެ އެންމެ ބޮޑު އިސްކަމެއް ދޭނީ އެ ކުންފުނިން ބުނި ގޮތުގައި ދުވިލި ބާރު އަދި ފަސެންޖަރުންނަށް ފަސޭހަ ފެރީތަކެއް ތައާރަފް ކުރުމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އައު ފެރީތައް ތަޢާރަފު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ފިޔަވަހި ތަކަކަށް ބަހާލައިގެންނެވެ. އަދި މި މަޝްރޫއު ނިމޭއިރު، އެމްޓީސީސީން ފެރީގެ ޙިދުމަތް ދޭ ހުރިހާ ހިސާބަކަށް ފައިބަރު ފެރީތައް ތައާރަފު ކުރެވިގެންދާނެ ކަމަށްވެސް ލަތީފު ވިދާޅުވި އެވެ.

“މީގެ އަޅުގަނޑުމެން އިސްކަމެއްދޭ ތިން ފެކްޓަރއެއް އެބައިން، ފުރަތަމަ ކަމަކީ ރާއްޖޭގެ މާހައުލާއި ގުޅުން، އެއީ ރާއްޖޭގެ ކަނޑުތަކާއި ރާއްޖޭގެ ބަނދަރުތަކަކީ ބޭރު ޤައުމުތަކުގެ ބަނދަރުތަކާއި ތަފާތު. ދެވަނައަށް އެންމެ ބޮޑު އިސްކަމެއް މި ދެނީ ކޮންވީނިއެންސްއަށް، އާއްމުގޮތެއްގައި އެންމެ ބޮޑު

ޝަކުވާއެއް އަންނަނީ ފެރީތަކުގެ ވެންޓިލޭޝަން ސިސްޓަމް އަދި ސީޓިން ސިސްޓަމާއި ގުޅޭގޮތުން. އެއީ އަޅުގަނޑުމެން އިމްޕްރޫވްކުރަން ވިސްނާ ކަމެއް. ތިންވަނަ ކަމަކީ ސްޕީޑް. ސްޕީޑް ވަރަށް ބޮޑަށް ބަރޯސާވޭ އަގަށް. އަޅުގަނޑުމެން މި ބަލަނީ ސްޕީޑާއި އަގާއި ބެލެންސް ކުރެވޭތޯ” ލަތީފް ވިދާޅުވި އެވެ.

ރާއްޖޭގެ ގިނަ އަތޮޅުތަކެއްގައި އެމްޓީސީސީން އަންނަނީ ފެރީގެ ހިދުމަތް ދެމުންނެވެ. އެގޮތުން ހއ، ހދ، ށ، ނ، ރ، ބ، ޅ، ކ، އއ، އދ، ވ، ތ އަދި ލ އަތޮޅުގެ އިތުރުން ގއ، ގދ ގެ ރަށްތަކަށެވެ. އެ ކުންފުނިން ބުނީ މި ރަށްރަށަށް އާ ފެރީތައް މިއަހަރުތެރޭ ތައާރަފު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްޓީސީސީއަކީ 2001 އިން ފެށިގެން އާންމު ދަތުރުފަތުރުގެ ހިދުމަތްތައް ފޯރުކޮށްދެމުން ގެންދާ ކުންފުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.