ދިރާގުގެ ނެޓްވޯކާ އަލަށް ގުޅުމުން ހަ މަސްދުވަހުގެ ޑޭޓާ ހިލޭ ދެނީ

135405_3_07932e2302818d53e22e410c68c61e853f260c48_medium

ދިރާގުގެ ނެޓްވާކް އަލަށް ހިޔާރު ކުރާ ކަސްޓަމަރުންނަށް ހަ މަސް ދުވަސްވަންދެން ހިލޭ ޑޭޓާ ދޭން ފަށައިފި އެވެ.

ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ދިރާގު މޮބައިލް ޕޯސްޓްޕެއިޑް އެއް ނަގައިގެން 6 މަސް ދުވަސް ވަންދެން 2 ޖީބީ ގެ ހިލޭ ޑޭޓާ އާއި 3 މަސް ދުވަސް ވަންދެން މަހު ފީ އިން %25 ޑިސްކައުންޓް ލިބޭނެ އެވެ.

އަދި ދިރާގުގެ މޮބައިލް ޕްރީޕެއިޑް ކަނެކްޝަން ނަގާ ކަސްޓަމަރުންނަށް 6 މަސް ދުވަސް ވަންދެން ކޮންމެ މަހަކު 1 ޖީބީގެ ޑޭޓާ ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

މި ޕްރޮމޯޝަނުގައި އަލަށް ދިރާގުގެ މޯބައިލް ކަނެކްޝަނެއް ނަގާ ކަސްޓަމަރުނާއި މިހާރު ގެންގުޅޭ ނަންބަރު ބަދަލު ނުކޮށް ދިރާގު ޕްރީޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް ހިދުމަތެއް ނަގާ ފަރާތްތައް ވެސް ހިމެނެ އެވެ.

ދިރާގުގެ ނެޓްވޯކާ އަލަށް ގުޅުމަށް މިހާރު ގެންގުޅުއްވާ ނަންބަރު ބަދަލުނުކޮށް ދިރާގު ޕްރީޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް ޚިދުމަތެއް ނެންގެވޭނެ އެވެ.

ދިރާގުން އަންނަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 3ޖީގެ ހިދުމަތް ދެމުންނެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް 4ޖީގެ ހިދުމަތް ފޯރުކޮށް ދޭން ދިރާގުން ވަނީ ބޮޑު މަޝްރޫއެއްވެސް ފަށައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.