“މިއީ އަތޮޅުގެ ރައްޔިތުންނަށްދޭ ހަދިޔާއެއް”

ޒުވާނުންގެ ކްލަބުން އޭދަފުށީގަިއ ތަރައްގީކުރާ ޕާކު. މިއީ އަތޮޅުގެ ރައްޔިތުންނަށްދޭ ހަދިޔާއެއް ކަމަށް އެ ކްލަބުން ބުނޭ-- އީޓީ ފޮޓޯ / ރާއިފް
ޒުވާނުންގެ ކްލަބުން އޭދަފުށީގަިއ ތަރައްގީކުރާ ޕާކު. މިއީ އަތޮޅުގެ ރައްޔިތުންނަށްދޭ ހަދިޔާއެއް ކަމަށް އެ ކްލަބުން ބުނޭ– އީޓީ ފޮޓޯ / ރާއިފް

އޭދަފުށީ ޒުވާނުންގެ ކްލަބުން އުތުރު ފަރާތު ބަނދަރު ސަރަހައްދުގައި މިހާރު ތަރައްޤީކުރަމުން އަންނަ ޕާކަކީ މި އަތޮޅުގެ ރައްޔިތުންނަށްދޭ ހަދިޔާއެއް ކަމަށް އެ ކްލަބުން ބުނެފި އެވެ.

ޒުވާނުންގެ ކްލަބުގެ ސީއީއޯ އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒާހިދު (ބައްޓޭ) “އީޓީ” އާ ވާހަކަ ދައްކަމުން މިއަދު ބުނީ އެކި ފަރާތްތަކުގެ އެހީއާއެކު ހަދާ އެ ޕާކު ތަރައްގީ ކުރަނީ އައުޓް ޑޯ ޖިމަކާވެސް އެކު ކަމަށެވެ. އޭނާ ބުނި ގޮތުގައި އެ ޕްރޮޖެކްޓަށް 2.5 މިލިޔަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ.

“އޭދަފުށީގައި ޕާކު ހެދިއެއް ކަމަކު މި ޕާކު ވެގެންދާނީ މިއަތޮޅުގެ ހުރިހާ ރައްޔިތުންނަށްވެސް ވަރަށް ހާއްސަ ޕާކަކަށް. އެގޮތުން މިއީ އަތޮޅުގެ ރައްޔިތުންނަށްދޭ ހަދިޔާއެއް، މިތަން ވެގެންދާނީ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ވަރަށް މަގުބޫލު މަންޒިލަކަށް،”

ބައްޓޭ ބުނީ ޕާކަށް ބޭނުންވާ ސާމާނު ރާއްޖޭން ބޭރުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ޕާކްގެ މަސައްކަތް ނިމުމާއެކު، ރާއްޖޭގައި ހުރި އެންމެ ރީތި އެއް ޕާކަށް އެތަނަށް ވާނެ ކަމަށެވެ.

ޒުވާނުންގެ ކްލަބުން އޭދަފުށީގައި ތަރައްގީކުރާ ޕާކު ހެދުމުގެ މަސައްކަތް ކުރަނީ. އީޓީ ފޮޓޯ / ރާއިފް
ޒުވާނުންގެ ކްލަބުން އޭދަފުށީގައި ތަރައްގީކުރާ ޕާކު ހެދުމުގެ މަސައްކަތް ކުރަނީ. އީޓީ ފޮޓޯ / ރާއިފް

މި ޕާކު ހެދުމުގެ އަމަލީ މަސައްކަތް މިމަހުގެ މެދުތެރޭ ތެރޭގައި ފަށާފައިވާއިރު، ބައްޓޭ ބުނީ ހަމަސްދުވަހުގެ ތެރޭ ޕާކުގެ މަސައްކަތް އެއްކޮށް ނިންމާލެވޭވަރުވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާކް މަސައްކަތް ނިމޭއިރު، އެ ސަރަހައްދު ފެންނާނީ ރީތި، ހިތްގައިމު މަންޒިލެއްގެ ގޮތުގަ އެވެ. އެއީ އޭދަފުއްޓަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށް ވެސް މަގްބޫލް މަންޒިލަކަށް ވާނެކަން އޭނާ ފާހަގަކުރި އެވެ.

ޒުވާނުންގެ ކްލަބުން އުތުރު ފަރާތުގައި ޕާކެއް ތަރައްގީ ކުރަމުން އަންނައިރު، އޭދަފުށީ އަމިއްލަ ފަރާތަކުން އިސްނަގައިގެން ދެނުކު ފަރާތުގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ޕާކު ހެދުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމާއި، ޕާކަށް ބޭނުންވާ ތަކެތި ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.