ބ. ފެހެންދޫ ކައުންސިލުގެ ތިން މެންބަރަކު މިއަދު ވެރިކަން ކުރާ ޕާޓީ، ޕީޕީއެމަށް ސޮއި ކުރައްވައިފި އެ ކައުންސިލުގެ މެޖޯރިޓީ ޕީޕީއެމުން ނަގައިފި އެވެ.
ސޮއި ކުރެއްވި ތިން މެންބަރުންނަކީ؛
އެމްޑީއޭގެ މެންބަރު މުހައްމަދު އިބްރާހީމް
އެމްޑީއޭގެ މެންބަރު އާދަމް ނަސީމް
އެމްޑީޕީގެ މެންބަރު އާދަމް އައިމަން
ފެހެންދޫ ކައުންސިލުގެ މި ތިން މެންބަރުން ޕީޕީއެމް އަށްސޮއި ކުރައްވާފައި ވަނީ ބައެއް ރަށްރަށުގެ ކައުންސިލަރުން ޕީޕީއެމަށް ސޮއިކުރުމަށް ދެންމެ މާލޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ތިން ކައުންސިލަރުން ޕީޕީއެމަށް ސޮއިކުރެއްވުމުން އެ ކައުންސިލްގައި މިހާރު ތިއްބަވަނީ ޕީޕީއެމްގެ ތިން މެމްބަރުންނާއި އެމްޑީޕީގެ ދެ މެމްބަރުންނެވެ.
Like puppets..rangalhu eyraku vai jehey dhimaa akah dhuvvanvaany.