ފަސްމުގޫގެ އާ ފިހާރައެއް ހުޅުވައިފި

ފަސްމުގޫ ގުރޫޕުން އަލަށް ހުޅުވި ފަސްމުގޫ ބިލްޑްވެއާ ފިހާރަ. ފޮޓޯ: ރާއިފް ޔޫސުފް / އީޓީ
ފަސްމުގޫ ގުރޫޕުން އަލަށް ހުޅުވި ފަސްމުގޫ ބިލްޑްވެއާ ފިހާރަ. ފޮޓޯ: ރާއިފް ޔޫސުފް / އީޓީ

ބ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި ހޯލް ސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ ފަސްމުގޫ ގްރޫޕުން އާ ފިހާރައެއް މިރަށުގައި ހުޅުވައިފި އެވެ.

އޭދަފުށި ބަނދަރު ސަރަހައްދު މަގަށް ވާ ގޮތަށް ފޭލި ހައުސްގައި ހަދާފައިވާ “ފަސްމުގޫ ބިލްޑް ވެއާ” ހުޅުވީ މިއަދު ހެނދުނު އެވެ.

ފަސްމުގޫ ގުރޫޕުން އަލަށް ހުޅުވި ފަސްމުގޫ ބިލްޑްވެއާ ފިހާރަ. ފޮޓޯ: ރާއިފް ޔޫސުފް / އީޓީ
ފަސްމުގޫ ގުރޫޕުން އަލަށް ހުޅުވި ފަސްމުގޫ ބިލްޑްވެއާ ފިހާރަ. ފޮޓޯ: ރާއިފް ޔޫސުފް / އީޓީ

ފަސްމުގޫ ގްރޫޕުގެ ޑައިރެކްޓަރު އޮފް ސޭލްސް އެންޑް މާކެޓިންގް އިސްމާއިލް ޝަހީމު ވިދާޅުވި ގޮތުގައި އެ ގްރޫޕުން އަލަށް ހުޅުވި މިފިހާރައަކީ މުޅި ބ އަތޮޅުގެ ވިޔަފާރިއަށް އިންގިލާބެއް ގެންނަވަރުގެ ބޮޑުއިންވެސްޓެއް ކަމުގައި ވާނެއެވެ. ހާޑުވެއާގެ އިތުރުން ފަރުނީޗަރާއި އިލެކްޓްރޯނިކްސް އަދި ގެދޮރު ހެދުމަށް ބޭނުންވާ ހުރިހާ ސާމާނެއްހެން އެތަނުން ލިބެން ހުންނާނެ އެވެ.

ފަސްމުގޫ ގުރޫޕުން އަލަށް ހުޅުވި ފަސްމުގޫ ބިލްޑްވެއާ ފިހާރަ. ފޮޓޯ: ރާއިފް ޔޫސުފް / އީޓީ
ފަސްމުގޫ ގުރޫޕުން އަލަށް ހުޅުވި ފަސްމުގޫ ބިލްޑްވެއާ ފިހާރަ. ފޮޓޯ: ރާއިފް ޔޫސުފް / އީޓީ
ފަސްމުގޫ ގުރޫޕުން އަލަށް ހުޅުވި ފަސްމުގޫ ބިލްޑްވެއާ ފިހާރަ. ފޮޓޯ: ރާއިފް ޔޫސުފް / އީޓީ
ފަސްމުގޫ ގުރޫޕުން އަލަށް ހުޅުވި ފަސްމުގޫ ބިލްޑްވެއާ ފިހާރަ. ފޮޓޯ: ރާއިފް ޔޫސުފް / އީޓީ

“މިއީ މިއަތުޅުގެ ވިޔަފާރިއަށް އަންނާނެ ބޮޑުއިންގިލާބަކަށްވާނެ، އަޅުގަނޑުމެން ވިއްކާނީ ކޮލިޓީ ޕްރޮޑަކްޓްސް، އެކަށީގެންވާ ރަނގަޅު އަގުތަކެއްގައި. އަޅުގަނޑުމެންގެ އަމާޒަކީ މާލެނުގޮސް އަތްފޯރާ ފަށުގައި ހުރިހާ ބާވަތެއްގެ މުދާ ހޯލްސެއިލް އަދި ރީޓެއިލްކޮއްވެސް ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުން، މިހާތަނަށް އައިއިރު އަޅުގަނޑުމެންގެ ހިދުމަތްތައް މިއަތޮޅުގެ ކަސްޓަމަރުން ވަނީ ވަރަށް ބޮޑަށް ބަލައިގަނެފައި،” .

މީގެ 20 ވަރަކަށް އަހަރުކުރިން އާދައިގެ ގޮތަކަށްފެށި ފަސްމުގޫ ގްރޫޕުގެ ފިހާރައަކީ މިހާރު މިއަތޮޅުގައި އެންމެ ފުޅާ ދާއިރާއެއްގައި ހޯލް ސޭލުގެ އަދި ރީޓެއިލް ވިޔަފާރި ކުރާ ފަރާތެވެ. އެތަނުން މިހާރު އާއްމު މުދަލުގެ އިތުރުން އިލެކްޓްރޯނިކްސް އާއި ހާޑުވެއާރ މުދާ ލިބެން ހުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.