ވެސްޓް ވިންގްސްގެ ޗެއަރޕާސަނަކަށް އިސްމާއިލް ނަޢީމް

ވެސްޓް ވިންގްސް އޭދަފުށި ޖަމިއްޔާ ލޯގޯ
ވެސްޓް ވިންގްސް އޭދަފުށި ޖަމިއްޔާ ލޯގޯ

އޭދަފުށީގައި އެންމެފަހުން އިފްތިތާހްކުރި ޖަމިއްޔާ ވެސްޓް ވިންގްސްގެ ޗެއަރ ޕާސަންކަމުގެ މަގާމަށް އޭދަފުށި މިޔުނިކް އިސްމާއިލް ނައީމް އިންތިހާބުކޮށްފި އެވެ.

ވެސްޓްވިންގްސްގެ އެންމެ އިސް މަގާމަށް އިސްމާއިލް ނަޢީމް އިންތިހާބުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޖަމިއްޔާގެ ހިންގާ ކޮމިޓީ އެކުލަވާލުމަށް ބޭއްވި ބައްދަލުވުމެއްގައެވެ.

މިރަށު މިޔުނިކްގޭގެ ދެވަނަ ފަންގިފިލާގައި ހުންނަ ވެސްޓް ވިންގްސް ޖަމިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ޖަމިއްޔާގެ 23 މެންބަރަކު ބައިވެރިވެ ވޯޓްދީފައިވެއެވެ. ޗެއަރ ޕާސަންގެ މަގާމަށް އިސްމާއިލް ނަޢީމް ހޮވުނީ އިތުރު މީހަކާ ވާދަކުރުމަކާ ނުލައެވެ.

ވެސްޓް ވިންގްސް ޖަމިއްޔާގެ ހިންގާ ކޮމިޓީ އެކުލަވާލުމަށް ބޭއްވި ބައްދަލުބުމުގައި ޖަމިއްޔާ ޗެއަރ ޕާސަންގެ މަގާމުގެ އިތުރުން އެހެން މަގާމަކަށް މެންބަރުން އިންތިހާބުކޮށްފައިވެ އެވެ.

ވެސްޓް ވިންގްސްގެ ހިންގާ ކޮމިޓީ

  • ޗެއަރ ޕާސަން އިސްމާއިލް ނަޢީމް ، މިޔުނިކް
  • ވައިސް ޗެއަރ ޕާސަން ޒައިދު ޢަލީ، ހަލީމާ ހައުސް
  • ފައިނޭންޝަލް ކޮންޓްރޯލަރ ޢަބްދުﷲ ޝަރީފް، ޕިޔާނާގެ
  • ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޢަބްދުލްފައްތާޙް، ވާރޭވިލާ
  • ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް، ސިނާން މުޙައްމަދު، އެވަރޗާންސް
  • ސްޕޯޓްސް ކޯޑިނޭޓަރ މުޙައްމަދު ޝާޙިދު ، ބީޗްވިލާ
  • އެކްޓިވިޓީޒް ކޯޑިނޭޓަރ އާމިނަތު ޝިފާ، ފެހިގެ
  • ސްޕޯކްސްޕާސަން މުޙައްމަދު ޝަރީފް، ސަންޝައިން
  • ރެޖިސްޓްރާ މުޙައްމަދު ރަޝީދު، ވެލިރާޅުފަށުގެ

ވެސްޓް ވިންގްސް ޖަމިއްޔާ އިފްތިތާހްކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ. މި ޖަމިއްޔާއަކީ އޭދަފުށި ހުޅަނގު ސަރަހައްދަށް ނިސްބަތްވާ ފްޓްބޯޅަ ޓީމެއް ކަމަށްވާ ހުސްސޮންގުންގެ މެންބަރުން އިސްނަގައިގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.