ބީއެމްއެލް: ފަހުރުވެރި ދިވެހިންގެ ބޭންކް

ދިވެހި ކޮންމެ އާއިލާއެއްގެ ބައިވެރިވުމާ އެކު ރާއްޖެ ފަޚުރުވެރިވާފަދަ މާލީ ކާމިޔާބުތަކެއް ބީއެމްއެލް އިން ދަނީ ހޯދަމުން. ފޮޓޯ / ބީއެމްއެލް
ދިވެހި ކޮންމެ އާއިލާއެއްގެ ބައިވެރިވުމާ އެކު ރާއްޖެ ފަޚުރުވެރިވާފަދަ މާލީ ކާމިޔާބުތަކެއް ބީއެމްއެލް އިން ދަނީ ހޯދަމުން. ފޮޓޯ / ބީއެމްއެލް

އަޅުގަނޑުމެން ދިވެހިންނަކީ ފަށާ ކޮންމެ ދަތުރެއްގައި ވެސް ކަނޑައަޅާފައިވާ މިސްރާބަށް ވާސިލްވުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރާ ބަޔަކީމެވެ. މީގެ 34 އަހަރު ކުރިން ދިވެހިރާއްޖޭގައި ގައުމީ ބޭންކެއް އުފައްދައި ޒިންމާދާރު މަސައްކަތްތަކެއް ފެށުނީ ބޭންކިން ހިދުމަތް މުޅި ގައުމަށް ފުޅާކޮށް، ރައްޔިތުންނަށް އެންމެ ފަސޭހަ އިން ހިދުމަތްތައް ފޯރުކޮށްދިނުމުގެ އަޒުމުގަ އެވެ. އެ ކުރި މަސައްކަތުގެ ފޮނި މީރުކަން ދިވެހިންނަށް އެތައް ގޮތަކުން ދަނީ ލިބެމުންނެވެ.

ގައުމީ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާސިލްކޮށްފައިވާ އެންމެ މުހިންމު އެއް ލަނޑުދަނޑި އަކީ ހުރިހާ ދިވެހިންނަށް ހިދުމަތް ލިބިގަނެވޭނެ ހިސާބަށް ބޭންކިން ހިދުމަތް ވާސިލްކޮށް ދިނުމެވެ. މި ގޮތުން، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބޭންކުގެ ގޮފިތައް ވަނީ ގާއިމްކުރެވިފަ އެވެ. އަދި މިއާ އެކު ކޭޝް އެޖެންޓުން މެދުވެރިކޮށް، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް ފައިސާ ނެގޭނެ އިންތިޒާމް ހަމަޖެހިފައި ވުމަކީ ދިވެހިންނަށް މިއަދު ލިބިފައިވާ އެންމެ ބޮޑު އެއް ފަސޭހަ އެވެ. މީގެ އިތުރުން، ބީއެމްއެލް އިން ގާއިމްކޮށްފައިވާ ޕޮއިންޓް އޮފް ސޭލްސްގެ އެންމެ ބޮޑު ވިއުގައިގެ ސަބަބުން ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހުރިހާ ދިވެހިންނަށް މި ވަނީ ފަހިވެފަ އެވެ.

ކުރިއަރާފައި މިވާ ދުނިޔޭގައި އިންސާނުން ހޯދަމުން އަންނަ ކާމިޔާބީ އާއި ތަރައްގީގެ ފަސޭހަތައް ދިވެހިންނަށް ވެސް ތަޖުރިބާ ކުރަން ލިބުމަކީ އަޅުގަނޑުމެން ކުރާ ފޮނި އުންމީދުތަކެކެވެ. މި ފަދަ ޒަމާނީ ހިދުމަތްތައް ދިވެހިންނާ ހަމަ އަށް ފޯރުކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރުމަށް ބީއެމްއެލް އިން އަބަދު ވެސް އިސްނަގާކަން އެއީ ފާހަގަކުރަން ޖެހޭ ކަމެކެވެ. މި ގޮތުން، އޮންލައިން ބޭންކިންގެ ހިދުމަތް ރާއްޖެ އަށް އެންމެ ފުރަތަމަ ތައާރަފްކޮށް ރައްކާތެރި ބޭންކިންގެ ހިދުމަތްތައް ތިމާ ހުރި ކޮންމެ ތަނަކުން، ކޮންމެ ވަގުތެއްގައި ވެސް ހޯދޭނެ ފަދަ އިންތިޒާމުތައް ރާއްޖޭގައި މިހާރު ވަނީ ގާއިމްކުރެވިފަ އެވެ. އަދި މޯބައިލް ފޯނު މެދުވެރިކޮށް ބޭންކިން ހިދުމަތްތައް ހޯދޭނެ ގިނަ ގޮތްތަކެއް މިހާރު ވަނީ ތައާރަފް ކުރެވިފަ އެވެ. އޭގެ ތެރޭގައި، ރާއްޖޭގެ ފުރަތަމަ ފަހަރަށް ސްމާޓްފޯން ބޭންކިން އެޕްލިކޭޝަނެއް ތައާރަފް ކުރުމާ އަދި މޯބައިލް ފޯނު މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތްތަކަށް ފައިސާ ދެއްކޭނެ ހިދުމަތް ރާއްޖޭގައި ތައާރަފް ކުރުމަކީ، ދުނިޔޭގެ ފެންވަރުގެ އެންމެ ޒަމާނީ ތަރައްގީ އަށް ދިވެހިންގެ ލޯ ހުޅުވާލެވުނު ފިޔަވަޅެއްކަން ޔަގީނެވެ. މީގެ އިތުރުން، ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް ގާއިމްކުރުމުގެ ސަބަބުން ބޭންކަށް ޒިޔާރަތްކޮށްގެން ހޯދަން ޖެހޭ އެތައް ހިދުމަތެއް މިހާރު މި ވަނީ، އެ މީހަކަށް ފަސޭހަ ކޮންމެ ގަޑިއެއްގައި ވެސް ކުރެވިދާނެ ކަންތައްތަކަކަށް ބަދަލުވެފަ އެވެ.

ދޮށީ އުމުރުގެ ބޭފުޅުންނަށް ދެވޭ ޕެންޝަން ފައިސާ ލަސްނުކޮށް، ފަސޭހަކަމާ އެކު އެ ފަރާތްތަކަށް ރައްދުކޮށް ދިނުމަކީ ބޭންކުން ވަރަށް އިސްކަމެއް ދޭ ކަމެއް.-- ފޮޓޯ: ބީއެމްއެލް
ދޮށީ އުމުރުގެ ބޭފުޅުންނަށް ދެވޭ ޕެންޝަން ފައިސާ ލަސްނުކޮށް، ފަސޭހަކަމާ އެކު އެ ފަރާތްތަކަށް ރައްދުކޮށް ދިނުމަކީ ބޭންކުން ވަރަށް އިސްކަމެއް ދޭ ކަމެއް.– ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިން ވަނީ ރާއްޖޭގައި ތަރައްގީ ވަމުން އަންނަ މާލީ ދާއިރާގެ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކޮށްލައި، މާލީ ގޮތުން ދިވެހިންނަށް މަންފާ ކުރާނެ ފަދަ ގިނަ ހިދުމަތްތަކެއް ފޯރުކޮށް ދިނުމަށް ހާއްސަ ސަމާލުކަމެއް ދީފަ އެވެ. މި ގޮތުން، ގެދޮރު އެޅުމަށް، ކިޔެވުމަށް، ބޭސްފަރުވާ އަށް އަދި ވިޔަފާރިތަކަށް ކުރެވޭ އިންވެސްޓްމަންޓުތަކުގައި މާލީ އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކޮށްލަން ޖެހެ އެވެ. މީގެ އިތުރުން، މާލީ ދާއިރާ އިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ގިނަ އަދަދެއްގެ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ބީއެމްއެލް އިން ފޯރުކޮށްދޭކަން ވެސް އެއީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.

ދޮށީ އުމުރުގެ ބޭފުޅުންނަށް ދެވޭ ޕެންޝަން ފައިސާ ލަސްނުކޮށް، ފަސޭހަކަމާ އެކު އެ ފަރާތްތަކަށް ރައްދުކޮށް ދިނުމަކީ ބޭންކުގެ މުވައްޒަފުން އެންމެ އިސްކަމެއް ދީގެން ކުރާ އެއް މަސައްކަތެވެ.

ދިވެހި މުޖުތަމައުގެ މުހިންމު އިޖުތިމާއީ ބައިވެރިއެއްގެ ހައިސިއްޔަތުން، އެންމެ ކުޑަކުއްޖާ އިން ފެށިގެން އެންމެ ދުވަސްވީ މީހާގެ ބޭނުންތައް ފާހަގަކޮށް، އެންމެންނަށް ބައިވެރިވެވޭނެ ރައްކާތެރި މާހައުލެއް ރާއްޖޭގައި ގާއިމްކުރުމަށް ތަފާތު އެކި ދާއިރާތަކުން އެކިއެކި ބައިވެރިންނާ އެކު ގިނަ އިޖުތިމާއީ މަސައްކަތްތަކެއް ބޭންކުން އަންނަނީ ކުރަމުންނެވެ.

މުޖުތަމައު އަށް ފައިދާ ހުރި އެތައް ކާމިޔާބުތަކެއް ދިވެހިންނަށް ހޯދައި ދީ، އަޅުގަނޑުމެން އެންމެންނަށް ބަރޯސާ ވެވޭނެ ފަދަ ޒިންމާދާރު ފަރާތެއްކަން ބޭންކުން މިއަދު މި ވަނީ ކަށަވަރު ކޮށްދީފަ އެވެ. މި ކާމިޔާބީތަކާ އެކު، ދިވެހި ކޮންމެ އާއިލާއެއްގެ ކޮންމެ މެމްބަރަކު ވެސް ގަބޫލުކުރަނީ ބޭންކް އޮފް މޯލްޑިވްސް އަކީ “އަހަރެންގެ ބޭންކް”ގެ ގޮތުގަ އެވެ. ފަހުރުވެރި ދިވެހިންގެ ބޭންކުގެ ގޮތުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.