ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބީޓެކް އޭލެވެލް ތައާރަފް ކުރަނީ

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ބިޒިނަސް ޓްރިޕެއްގައި މައުލޫމާތު ހޯދަނީ-- ފައިލް ފޮޓޯ
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ބިޒިނަސް ޓްރިޕެއްގައި މައުލޫމާތު ހޯދަނީ– ފައިލް ފޮޓޯ

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަހަރު ބީޓެކް އޭލެވެލް ތައާރަފްކޮށް އޭލެވެލަށް ކިޔަވަން ބޭނުންވާ ދަރިވަރުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީޓެކަކީ ރާއްޖޭގެ ހަތަރު ވަނަ ސްޓްރީމްގެ ގޮތުގައި 2014 ވަނަ އަހަރު ތައާރަފްކޮށްފައިވާ ސްޓްރީމެކެވެ. އެއިން ތަފާތު ތަމްރީނުތަކާއި ވަޒީފާގެ ތަޖުރިބާ ކުރަން ފުރުސަތު ދޭނެ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު ވަނީ ފުރަތަމަ ފަހަރަށް ބީޓެކް އޯލެވެލް ގައި ބައިވެރިވެ އެ މާއްދާއިން 100 ޕަސެންޓް ފާސް ހޯދައިފަ އެވެ.

ތައުލީމީ މަރުކަޒުން ބުނި ގޮތުގައި މިއަހަރު ބީޓެކް ތައާރަފު ކުރާނީ އެ ސްޓްރީމަށް އެންމެ މަދުވެގެން 10 ކުދިން ލިބޭ ނަމައެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި ބީޓެކް ސްޓްރީމުގެ އިތުރުން، ސައިންސް އަދި ކޮމާސް ސްޓްރީމަށް އެ ސްކޫލުގައި އޭލެވެލަށް ކިޔަވަން ބޭނުންވާ ދަރިވަރުން މިމަހު 15 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހެ އެވެ.

އަތޮޅު ތެރޭގައި ފުރަތަމަ އޭލެވެލް އަށް ކިޔަވައިދޭން ފެށި ސްކޫލުތަކުގެ ތެރޭގައި ހިމެނޭ އެ ސްކޫލުގައި އޭލެވެލުގައި ކިޔަވާ ދަރިވަރުންނަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ސްކޯލަޝިޕްތަކެއް ދަނީ ދެމުންނެވެ.

މީގެ ކުރިން މަތީ ސާނަވީގެ ކިޔެވުން އަބަދުވެސް ފަށަނީ ޖޫން މަހުގެ ތެރޭގައި ނަމަވެސް މިދިޔަ އަހަރުން ފެށިގެން ކިޔެވުން ފަށަނީ މާޗު މަހުގެ ތެރޭގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.