ދަނޑު ހައްދަން ހިއްކި ބިމުން ހިލޭ ބިން ދޫކުރަނީ

މަތިން ނަގާފައިވާ އޭދަފުށީގެ ފަހުގެ ފޮޓޯއެއް. ހިއްކި ބިމުން ދަނޑުވެރިކަން ކުރަން ހިލޭ ބިން ދޫކުރަން ކައުންސިލުން ވަނީ ނިންމާފައި ކުރަމުން. | އީޓީ ފޮޓޯ ރާއިފް ޔޫސުފް
މަތިން ނަގާފައިވާ އޭދަފުށީގެ ފަހުގެ ފޮޓޯއެއް. ހިއްކި ބިމުން ދަނޑުވެރިކަން ކުރަން ހިލޭ ބިން ދޫކުރަން ކައުންސިލުން ވަނީ ނިންމާފައި ކުރަމުން. | އީޓީ ފޮޓޯ ރާއިފް ޔޫސުފް

އޭދަފުށީ މަގު ތަކުގައި ތަފާތު ބާވަތްތަކުގެ ގަސްތައް އިންދަމުންދާތީ، އެކަން ހުއްޓުވުމަށާއި ކުރިއަށް އޮތް ރޯދަމަހު ދަނޑުހައްދަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ހިއްކި ސަރަހައްދުން ހިލޭ ބިން ދޫކުރަން ރަށު ކައުންސިލުން ނިންމައިފި އެވެ.

މިރަށު މަގު ތަކުގައި ކޮޕީ ފަތްފަދަ އެކި ބާވަތްތަކުގެ ގަސް އިންދާ ހެއްދުން ކައުންސިލުން އޮންނަނީ މަނާކޮށްފަ އެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް ރައްޔިތުންނަށް ދޭތެރެ ދޭތެރެއިން ކައުންސިލުން ރައްޔިތުންނަށް ހަނދާންވެސް ކޮށްދެ އެވެ. ނަމަވެސް އެކަން އަދިވެސް ހުއްޓުމަކަށް ނާދެ އެެވެ.

އޭދަފުށީ ކައުންސިލުގެ ނައިބް ރައީސް މުހައްމަދު ނައުރީފު ވިދާޅުވީ، ރަށުގެ ހިއްކި ބިމުން ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ވަގުތީ ގޮތުން ހިލޭ ބިން ދުކުރަން ނިންމީ ކޮންމެ އަހަރަކުވެސް ރޯދަ މަހާ ދިމާކޮށް ގިނަ ބަޔަކު މަގުތަކުގައި ގަސް އިންދާ ހައްދަމުންދާތީ، އެކަން ހުއްޓުމުގެ ގޮތުންކަމަށެވެ.

ބިން ދޫކުރާނެ ސަރަހައްދެއް ކައުންސިލުން އަދި ނުނިންމަ އެވެ.

ނައުރީފް ވިދާޅުވީ ބިން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި ރަށުގެ ކޮންމެ ގޭ ބިސީ އަކަށްވެސް 2500 އަކަފޫޓްގެ ބޮޑު ބިމެއް ދަނޑު ހެއްދުމަށް ދޫކުރަން ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ބިން ދޫކުރާނީ ނައުރީފް ވިދާޅުވި ގޮތުގައި އަންނަ ޝައްވާލު މަހުގެ ނިޔަލަށެވެ.

“ބޮޑަށް މަގު ތަކުގައި ގަސް އިންދުން ހުއްޓުވުމުގެ ގޮތުން މިކަން މި ކުރަނީ، ބިން ދޫކުރާނީ ހިލޭ، ނަމަވެސް ޑިޕްސިޓްގެ ގޮތުގައި -/250ރުފިޔާ ނަގާނެ،”

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.