މާޅޮހުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލަނީ

ޕްލާސްތީކް ކޮތަޅު މަދު ކުރުމަށް ހިންގާ މަސްރޫއަށް އެހީތެރިވެދިނުމުގެ ގޮތުން ދިރާގުން މާޅޮހު ކައުންސިލަށް ތިމާވެއްޓާ ރައްޓެހި ކޮތަޅު ހަދިޔާ ކުރަނީ-- ފޮޓޯ / ބޭން ދަ ބޭގް ފޭސްބުކް ޕޭޖް
ޕްލާސްތީކް ކޮތަޅު މަދު ކުރުމަށް ހިންގާ މަސްރޫއަށް އެހީތެރިވެދިނުމުގެ ގޮތުން ދިރާގުން މާޅޮހު ކައުންސިލަށް ތިމާވެއްޓާ ރައްޓެހި ކޮތަޅު ހަދިޔާ ކުރަނީ– ފޮޓޯ / ބޭން ދަ ބޭގް ފޭސްބުކް ޕޭޖް

ރާއްޖެ އެތެރެކުރާ ޕްލާސްޓިކް ކޮތަޅު މަދުކޮށް ދިވެހި މުޖުތަމައުން ޕްލާސްޓިކް ކޮތަޅު ނައްތާލަން މޯލްޑިވްސް ގޭޓް އަވޭސްއިން ފަށާފައިވާ ކެމްޕޭނުގެ ދަށުން ބ. މާޅޮހުގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލަން ނިންމައިފި އެވެ.

މާޅޮހު ކައުންސިލުން ގެސްޓު ހައުސް އޮފް މޯލްޑިވްސްއާ އެކު ފެށި މަސައްކަތް ފުރަތަމަ ފަށައިގަންނަ އިރު ޕްލާސްޓިކް ކޮތަޅު މުޅިން ހުއްޓާލުން ވަރަށް އުނދަގޫވާނެތީ، ފިހާރަތަކުން ޕްލާސްޓިކް ކޮތަޅު (ހިލޭ ދިނުމުގެ ބަދަލުގައި) ވިއްކާނީ އެވެ.

މާޅޮހު ރައްޔިތުންނަށް ހިތްވަރު ދިނުމުގެ ގޮތުން ދިރާގުން އިއްޔެ ވަނީ އެ ރަށަށް ތިމާވެއްޓާ ރައްޓެހި ގިނައިން ބޭނުންކުރެވޭ ރިޔޫޒަބަލް 1،000 ކޮތަޅު ހަދިޔާކޮށްފަ އެވެ.

ކައުންސިލުގެ ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، ގެސްޓު ހައުސް އޮފް މޯލްޑިވްސްއާ އެކު ފެށި މަސައްކަތް ކުރިއަށްގެންދަން ވަރަށް އަވަހަށް އެ ރަށުގެ ރައްޔިތުންނާ ކައުންސިލުން މަޝްވަރާކުރާނެ ކަމަށެވެ.

“ބޭން ދަ ބޭގްސް”ގެ ނަމުގައި ފަށާފައިވާ އެ ކެމްޕޭންގެ ދަށުން 2020 އަންނަންވާއިރަށް ރާއްޖެއިން ޕްލާސްޓިކް ބޭގް އެއްކޮށް ނައްތާލަން ކަމަށް ވެސް މޯލްޑިވްސް ގެޓްއަވޭސްއިން ވަނީ ބުނެފަ އެވެ.

ޕްލާސްޓިކް ކޮތަޅުގެ ސަބަބުން މިހާރުވެސް ބޮޑެތި ގެއްލުންތަކެއް ތިމާވެއްޓަށް ލިބެމުންދާކަން ފާހަގަކޮށް މޯލްޑިވްސް ގެޓްއަވޭސްގެ މެނޭޖިން ޑިރެކްޓަރު އަހުމީމް އަބްދުއް ރައްޒާގު ވިދާޅުވީ ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތައް، ޕްލާސްޓިކް ކޮތަޅު މޫދަށް އުކުމުގެ ސަބަބުން ނެތިގެންދާ ކަމަށެވެ.

މޯލްޑިވްސް ގެޓްއަވޭސް އިން މީގެ ކުރިން ވެސް ވަނީ ރާއްޖޭގެ ދެރަށަކުން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލުމަށް ހާއްސަ ކެމްޕޭނެއް ޖައްސާފަ އެވެ. އެގޮތުން އއ. ބޮޑުފުޅަދޫ އުކުޅަސް އަދި ވ. ކެޔޮދޫގައި މިހާރު އެއްވެސް ގޮތަކަށް ޕްލާސްޓިކް ކޮތަޅު ބޭނުމެއް ނުކުރެ އެވެ.

މޯލްޑިވްސް ގެޓްއަވޭސް އިން ބުނީ ބ. އަތޮޅުގެ އިތުރު ދިހަ ރަށަކުންވެސް ވަރަށް އަވަހަށް މި ކެމްޕޭނާ ގުޅޭނެ ކަމަށެވެ.

އާބާދީގައި ގާތްގަނޑަކަށް 688 މީހުން ދިރިއުޅޭ ރަށުގެ ކައުންސިލުގެ ރައީސް ވިދާޅުވި ގޮތުގައި ތިމާވެށީގެ ހިމާޔަތުގައި ފަށާފައިވާ މަސައްކަތުގައި މި އަހަރު އެ ރަށުގައި ވަރަށް މުހިއްމު މަޝްރޫއެއް ކުރިއަށް ގެންދާނެ އެވެ. އެއީ، އެ ރަށުގައި ގާއިމު ކޮށްފައިވާ ފެން ޕްލާންޓުން ބިއްލޫރި ފުޅީގައި ފެން ބަންދުކޮށް “ޕްލާސްޓިކް ފުޅިއަށްވެސް ނޫނެކޭ” ބުނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.