ސެންޓޭ ބޭބެގެ ހެޓްރިކާ އެކު ކަލްސިއޯ ކޮމާޝިއަލޭ ޗެމްޕިއަންކަން ހޯދައިފި

wataniya

 

ވަތަނިޔާ ރެކްރިއޭޝަން ކްލަބު (ޑަބްލިއު.އާރ.ސީ) ގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޑަބްލިއު.އާރް.ސީ ފުޓްސަލް ޗެލެންޖު މުބާރާތުގެ މިއަހަރުގެ ޗެމްޕިއަންކަން، ހުނަރުވެރި، ކުޅަދާނަ ފޯވާޑް އަލީ ފާސިރު (ސެންޓޭ)ގެ ބޭބެ މުޙައްމަދު ފާސިރުގެ ހެޓްރިކާ އެކު ކަލްސިއޯ ކޮމާޝިއަލޭ ހޯދައިފި އެވެ.

ރޭ ކުޅެވުނު ފޯރިގަދަ ފައިނަލު މެޗުގައި ޓެކް ހީވެސްނުވޭ ޓީމާއި ބައްދަލުކޮށް މެޗު ކާމިޔާބު ކުރީ 1-4 ލަނޑުންނެވެ. މި މެޗުގައި ފެނުނު ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ފާސިރު ޖަހާފައިވާ އިރު، އަނެއް ލަނޑު ޖަހާފައިވަނީ ފަތީން ޚާލިދު އެވެ. ކުރީގެ ރެފްރީ، މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި މިހާރު ކުޅަދާނަ ކޯޗެއްގެ ކަމުގައިވާ މުޙައްމަދު ނިޒާމު (ނިޒާމުބެ)ގެ ކެޕްޓަން ކަމުގައި ކުޅެމުން ދިޔަ ކަލްސިއޯ ކޮމާޝިއަލޭ އަށް ލަނޑުބޯޑުގެ އަދަދު އިތުރު ކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިގެން ދިޔަކަން ފާހަގަ ކުރެވުނެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިން ތެރޭގައި ފާއްޓޭއާއި ފަތީންގެ އިތުރުން ހައްފާފު ސިދުގީވެސް ވަނީ ހިމެނިފައެވެ. މުބާރާތުގައި ޖުމްލަ 33 ގޯލު ޖަހައި އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ފާސިރު އެވެ. މި ތިން ކުޅުންތެރިންނަކީވެސް އޭދަފުއްޓަށް އުފަން އަދި ވަތަނިއްޔާ ސޭލްސް ޑިޕާޓްމަންޓްގެ އޭދަފުށީ އޮފީހުގައި މަސައްކަތް މުވައްޒަފުންނެވެ.

މި މުބާރާތަކީ، ވަތަނިޔާގެ އެކި ޑިޕާޓްމެންޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، އެއްތަނަކުން ބައަދަލުވެ އެކުވެރި މަޖާ މާޙައުލެއް ގާއިމުކޮށްދިނުމުގެ އިތުރުން ކުރިއަށް އޮތް ކުލަބު މޯލްޑިވްސް ފުޓްސަލް މުބާރާތަށް ޓީމު ތައްޔާރު ކުރުމަށް ބާއްވާ މުބާރާތެކެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. Kasim

    އޭނައަށް ކިޔާ ވަނަމެއް ނޯވޭތަ؟ އެހެން ނުހަދާ އޭދަފުށްޓަށް އުފަން ވެއްޖިއްޔާ ވަނަމެއް އޮންނަންވާނެ! ލޮލް

    ރައްދު
  2. lisan

    މުޙައްމަދު ފާސިރު ތިހޯދި ކާމިޔާބީ އޭދަފުށީ ލޭހިނގާ ޒުވާނެއްގެ ޙައިސިއްޔަތުން ފަޙުރުވެރިވަން. އަދި ކުރިއަށް އޮތްތާންގައިވެސް ރަށަށް ރީތިނަން ހޯދައިދޭން މަސައްކަތް ކޮއްދިނުމަށް ގޮވާލަން . މަރުހަބާ މުޙައްމަދު ފާސިރު ( ލސނ ޕލސ)

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.