މިހާރު ޓީވީއެމުން ދައްކަމުން އަންނަ މޯލްޑިވިއަން އައިޑޮލް ހަތަރުވަނަ އެޕިސޯޑް މިރޭ ދައްކާނެ އެވެ. މިރޭ ދައްކާ އޮޑިޝަން އެޕިސޯޑް ހާއްސަ ވާނީ ބ. އޭދަފުއްޓާއި ހދ. ކުޅުދުއްފުއްޓަށެވެ.
ރޭގެ އޮޑިޝަން އޮތީ އައްޑޫ/ފުވައްމުލައް އަދި ލ. އަތޮޅަށް ހާއްސަކޮށްގެންނެވެ. އެ އޮޑިޝަނުން މަޖާ އަދި ހުނަރުވެރި ބައިވެރިންތަކެއްގެ ހުށަހެޅުންތަކެއް ރޭ ފެނިގެން ދިޔަ ރެއެކެވެ. އަދި ޖުމްލަ ނުވަ ބައިވެރިއަކު ވަނީ ގޯލްޑެން ޓިކެޓާ އެކު، ތިއޭޓާ ރައުންޑަށް ދަރުތުކޮށްފަ އެވެ.
އޭދަފުއްޓާއި ކުޅުދުއްފުއްޓަށް ހާއްސަކޮށްގެން މިރޭ ބާއްވާ އެޕިސޯޑްގައި ވެސް ވަރަށް ތަފާތު މޮޅު ބައިވެރިންގެ ހުނަރު ފެންނާނެ ކަމަށް ޕީއެސްއެމުން ބުނެ އެވެ.
މިރޭގެ އެޕިސޯޑް ވެސް ފަށާނީ 10:30 ގަ އެވެ.