އޭދަފުށީ ދޭދަރުގޭ މޫސާ ހުސައިން ނިޔާވެއްޖެ

ބ. އޭދަފުށީ، ދޭދަރުގޭ މޫސާ ހުސައިން (މަގޫ މޫސަ) ނިޔާވެއްޖެ އެވެ.

އުމުރުފުޅުން 90 އަހަރުގައި މޫސާ ހުސައިން ނިޔާވީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު އެވެ.

އާއިލާގެ ފަރާތުން ވާހަކަ ދެއްކި އަލީ ޝަކީބު ބުނި ގޮތުގައި މޫސާ ހުސައިން ނިޔާވިއިރު، އޭނާ ގެންދެވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ.

މައްޔިތާގެ މައްޗަށް ކަށު ނަމާދުކުރުން އޮންނާނީ މިއަދުގެ އަސުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތު ގަ އެވެ. ކަށު ނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.

މޫސާ އަކީ އޭދަފުށީގެ ރައްޔިތުންނާ ވަރަށް އެކުވެރިކޮށް ދިރިއުޅުނު، ރައްޔިތުންގެ ހިއްސާވާ ތަރައްގީގެ މަސައްކަތްތަކުގައި ވަރަށް ހީވާގިކޮށް ބައިވެރިވެފައިވާ މީހެއްކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

މޫސަ ނިޔާވިއިރު، އޭނާގެ އަންބަކާއި 8 ކުދިން ދުނިޔޭގައި އެބަތިއްބެވި އެވެ.

މަރުހޫމް މޫސާގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަމެވެ. އަދި އާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.