ކެންސަރު ބަލީގެ ދުވަސް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް ފަށައިފި

ކެންސަރ ބަލީގެ ދުވަސް ފާހަނގަ ކުރުމުގެ ގޮތުން އިއްޔެ ދުސިތް ތާނީ އާއި ބ.އަތޮޅު ހޮސްޕިޓަލްގެ ފުޓްބޯޅަ ޓީމު ކުޅުނު އެކުވެރި ކަމުގެ މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ކެންސަރ ބަލީގެ ދުވަސް ފާހަނގަ ކުރުމުގެ ގޮތުން އިއްޔެ ދުސިތް ތާނީ އާއި ބ.އަތޮޅު ހޮސްޕިޓަލްގެ ފުޓްބޯޅަ ޓީމު ކުޅުނު އެކުވެރި ކަމުގެ މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ދުވަސް ފާހަގަކުރަން ބ. އަތޮޅު ހޮސްޕިޓަލުން ހާއްސަ ހަރަކާތްތަކެއް ފަށައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސްކޫލު ދަރިވަރުންނަށާއި ޓީޗަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކުގެ އިތުރުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތަކެއް ބައެއް ރިސޯޓް ތަކާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

އެގޮތުން ޑުސިޓް ތާނީ މޯލްޑިވްސް ރިސޯޓްގެ މުވައްޒަފުންނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ހަވީރެއް އިއްޔެ އެ ރިސޯޓްގައި ބާއްވާފައިވާ ކަމަށް އަތޮޅު ހޮސްޕިޓަލުން ބުންޏެވެ. އެ ހަވީރުގައި ރިސޯޓްގެ މުވައްޒަފުންނާ، ހޮސްޕިޓަލްގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމުގެ ފުޓްބޯޅަ ދެ މެޗް ކުޅެވަނީ ކުޅެފަ އެވެ.

ކެންސަރ ބަލީގެ ދުވަސް ފާހަނގަ ކުރުމުގެ ގޮތުން އިއްޔެ ދުސިތް ތާނީ އާއި ބ.އަތޮޅު ހޮސްޕިޓަލްގެ ފުޓްބޯޅަ ޓީމު ކުޅުނު އެކުވެރި ކަމުގެ މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ކެންސަރ ބަލީގެ ދުވަސް ފާހަނގަ ކުރުމުގެ ގޮތުން އިއްޔެ ދުސިތް ތާނީ އާއި ބ.އަތޮޅު ހޮސްޕިޓަލްގެ ފުޓްބޯޅަ ޓީމު ކުޅުނު އެކުވެރި ކަމުގެ މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މީގެ އިތުރުން މިއަދު ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށާއި ޓީޗަރުންނަށް އެސެމްބްލީގައި ކެންސަރު ބައްޔާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ހޮސްޕިޓަލުން ބުންޏެވެ.

އަދި މާދަމާ ސޮނެވާފުށީގައި ވެސް ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދާ ނިންމާފައިވާ ކަމަށްވެސް އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.