ބެލެނިވެރިން އަރަބި ބަހަށް އަހުލުވެރިކުރުވަން ކްލާސްތަކެއް ފަށައިފި

ބެލެނިވެރިން އަރަބިބަހަށް އަހުލުވެރި ކުރުވަން ރޭ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ފެށި ކްލާހުގައި ކިޔަވައިދެނީ
ބެލެނިވެރިން އަރަބިބަހަށް އަހުލުވެރި ކުރުވަން ރޭ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ފެސި ކްލާހުގައި ކިޔަވައިދެނީ

ބެލެނިވެރިން އަރަބި ބަހަށް އަހުލުވެރިކުރުވަން އަރަބި ބަސް ދަސްކޮށްދޭ ކްލާސްތަކެއް ބ. އަތޮޅު ތައުލީމީ މަރުކަޒުން ފަށައިފި އެވެ.

ރޭ އެ ސްކޫލުގައި ފެށި މި ކުލާސްތަކަށް ބެލެނިވެރިންގެ ފަރާތުން ވަރަށް ރަނގަޅު ތަރުހީބެއް ލިބިފައިވާ ކަމަށާއި، އެގޮތުން 40 އަށްވުރެ ގިނަ ބެލެނިވެރިން ބައިވެރިވެފައިވާ ކަމަށް ތައުލީމީ މަރުކަޒުން ބުންޏެވެ.

އެ ސްކޫލުން ބުނި ގޮތުގައި މި ކުލާސްތައް ކުރިއަށް ގެންދާނީ ތިން މަސްދުވަހުގެ ނިޔަލަށެވެ. ނަމަވެސް ލިބޭ ތަރުހީބަށް ބަލާފައި އިތުރު މުއްދަތަށް ކުލާސްތައް ކުރިއަށް ގެންދަން އެ ސްކޫލުން ވަނީ ނިންމައިފަ އެވެ.

މި ކްލާސްތަކުގައި ކިޔަވައިދެއްވަނީ އެ ސްކޫލުގެ ލީޑިން ޓީޗަރު ޝެއިޚް މުހައްމަދު ހަބީބު އެވެ.

2015 ވަނަ އަހަރުން ފެށިގެން އަރަބި ބަސް މާއްދާ އެއްގެ ގޮތުގައި އެ ސްކޫލުގެ ކީ ސްޓޭޖު 1 ގެ ކްލާސްތަކަށް އަންނަނީ ކިޔަވައިދެމުންނެވެ. ނަމަވެސް ބެލެނިވެރިންނަށް އަރަބި ބަހަށް އެހާ އަހުލުވެރި ނުވުމުގެ ސަބަބުން ދަރިވަރުންނަށް އަރަބި ކިޔަވައި ދިނުމުގައި ގޭގައި އެހީތެރިވުމަށް ދަތިތަކާ ވަނީ ކުރިމަތި ލާންޖެހިފަ އެވެ.

މި ކްލާސްތަކުގެ ސަބަބުން އެކަން ހައްލުވެގެންދާނެ ކަމަށް އެ ސްކޫލުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.