ފަތުރުވެރިޔަކު ކެންދޫ ހުކުރު މިސްކިތަށް ބޮޑު އެހީއެއް

ސައުދީ ފަތުރުވެރިޔަކު ކެންދޫ މިސްކިތަށް ހަދިޔާ ކުރި ތަކެތި ރަށަށް ގެނެސްފައި—ފޮޓޯ / ކެންދޫ ކައުންސިލް
ސައުދީ ފަތުރުވެރިޔަކު ކެންދޫ މިސްކިތަށް ހަދިޔާ ކުރި ތަކެތި ރަށަށް ގެނެސްފައި—ފޮޓޯ / ކެންދޫ ކައުންސިލް

ޗުއްޓީ ހޭދަކޮށްލުމަށް ބ. އަތޮޅު އަންނަތަރާ ކިހަވައް ވިލާސްއަށް އައި ސައުދީ އަރަބިއްޔާގެ ފަތުރުވެރިއަކު ބ. ކެންދޫގެ ހުކުރު މިސްކިތަށް ބޮޑުއެހީއެއްދީފި އެވެ.

ކެންދޫ ކައުންސިލުގެ ރައީސް އަބްދުލްޣައްފާރު ޤާސިމް ވިދާޅުވީ މިއީ މިދިޔަ ޑިސެމްބަރުމަހު އެރަށަށް އައި ސައުދީ ފަތުރުވެރިއަކު، ވެދެއްވި އެހީއެއް ކަމަށެވެ.

އެގޮތުން އޭނާ ތިންލައްކަ ރުފިޔާއަށްވުރެ އަގުބޮޑު ތަކެތި އެރަށު ހުކުރު މިސްކިތަށް ހަދިޔާކޮށްފައިވާ ކަމަށާއި މިހާރު ތަކެތި ހުރީ ކެންދޫ ކައުންސިލް ބެލުމުގެ ދަށުގަ އެވެ.

“އޭނާއަ އިސް ސީދާ މިސްކިތް ބެލީ. ބަލާފައި ބުނީ ބޭނުންވަނީ ކޮންކަމެއްހޭ. ދެން އަޅުގަނޑުމެން އެދުނީ ކާޕެޓާ، އެއާކަންޑިޝަން އަދި ސައުންޑް ސިސްޓަމަކަށް. ސައުދީން ސީދާ ޝިޕްކުރީ ރާއްޖެއަށް. ގާތްގަޑަކަށް ތިންލައްކަ ހަތްދިހަ ފަސްހާސް ރުފިޔާގެ ތަކެތި އެއީ” ޣައްފާރު ވިދާޅުވިއެވެ.

ހަދިޔާކުރި ތަކެތީގެ ތެރޭގައި ހުކުރު މިސްކިތުގައި އަޅަން ބޭނުންވާ ކާޕެޓާއި، 4 އެއާކޯންއާއި އަދި ސައުންޑް ސިސްޓަމެއް ހިމެނެ އެވެ.

ޣައްފާރު ވިދާޅުވީ މިއީ ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އަންނަ ރަމަޟާންމަހުގެ ކުރިން މިސްކިތުގައި ކާޕެޓްއަޅައި، އެއާކޯން ހަރުކޮށް ސައުންޑްވެސް ބެހެއްޓުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

މިއަތޮޅު ރިސޯޓްތަކަށް އަންނަ ފަތުރުވެރިން މީގެ ކުރިންވެސް މިއަތޮޅުގެ ބައެއް ރަށްރަށަށް ބޮޑެތި އެހީތައް ވެދީފައި އެބަހުއްޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.