ބީއެމްއެލް އިން 200 ވަނަ ކޭޝް އެޖެންޓް ހަމަޖައްސައިފި

200 ވަނަ ކޭޝް އެޖެންޓަށް ހަމަޖެހުނު ފަރާތަށް ވަނީ ބީއެމްއެލް އިން ރަމްޒީ ޓޯކަން ހަވާލުކުރަނީ- ފޮޓޯ / ބީއެމްއެލް
200 ވަނަ ކޭޝް އެޖެންޓަށް ހަމަޖެހުނު ފަރާތަށް ވަނީ ބީއެމްއެލް އިން ރަމްޒީ ޓޯކަން ހަވާލުކުރަނީ- ފޮޓޯ / ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަތޮޅު ތެރޭގައި ދެމުންގެންދާ ފައިސާ ނެގުމުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން 200 ވަނަ ކޭޝް އެޖެންޓް މިއަދު ހަމަޖައްސައިފި އެވެ.

އެކަން ފާހަގަކުރަން، ބީއެމްއެލް އިން މިހާރު ކުރިއަށް ގެންދާ “އަހަރެންގެ ބޭންކް” ކެމްޕޭނުގެ ދަށުން ކ. ދިއްފުށީގައި މިއަދު ހަވީރު ވަނީ ހާއްސަ ހަފުލާއެއް ބާއްވައިފަ އެވެ. މި ހަފްލާގައި 200 ވަނަ ކޭޝް އެޖެންޓަށް ހަމަޖެހުނު ފަރާތަށް ވަނީ ރަމްޒީ ޓޯކަން އެއް ކޮށްފަ އެވެ.

ފައިސާ ނެގުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބީއެމްލްގެ ކޭޝް އެޖެންޓުން ހަމަޖައްސަނީ ބޭންކްގެ ބްރާންޗެއް ނުވަތަ އޭޓީއެމް ނުހުންނަ ރަށްތަކުގައި ރީޓެއިލް ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިންނެވެ. ބީއެމްއެލްގެ ކަސްޓަމަރުން ފަސޭހަކަމާއެކު ޑެބިޓް ކާޑު ބޭނުންކޮށްގެން ކޭޝް އެޖެންޓް ފިހާރަތަކުގައި ހުންނަ ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާނެގެއެވެ. ބޭންކް ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނުހުންނަ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭޝް އެޖެންޓުން ހަމަޖެއްސުމުގެ މަސައްކަތް 2015 ވަނަ އަހަރު ބީއެމްއެލް އިން ވަނީ ކާމިޔާބު ކަމާއެކީ ނިންމާލާފައެވެ.

200 ވަނަ ކޭޝް އެޖެންޓަށް ހަމަޖެހުނު ފަރާތަށް ވަނީ ބީއެމްއެލް އިން ރަމްޒީ ޓޯކަން ހަވާލުކުރަން ކ. ދިއްފުށީގައި މިއަދު ބޭއްވި ހަފްލާގެ ތެރެއިން—ފޮޓޯ / ބީއެމްއެލް
200 ވަނަ ކޭޝް އެޖެންޓަށް ހަމަޖެހުނު ފަރާތަށް ވަނީ ބީއެމްއެލް އިން ރަމްޒީ ޓޯކަން ހަވާލުކުރަން ކ. ދިއްފުށީގައި މިއަދު ބޭއްވި ހަފްލާގެ ތެރެއިން—ފޮޓޯ / ބީއެމްއެލް

ދިއްފުށީގައި މިއަދު އޮތް ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލް ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރުއްދީން ވިދާޅުވީ މި މުހިންމު ޚިދުމަތުގެ ސަބަބުން ރައްޔިތުންނަށް އިތުރު އުނދަގުލެއް ނެތި ނުވަތަ ބޭންކުގެ ބްރާންޗެއް ހުންނަ ރަށަކަށް ނުގޮސް، ފަސޭހަކަމާއެކު ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގޭނެ ކަމަށެވެ.

” ބޭންކް އޮފް މޯލްޑިވްސްގެ ކޭޝް އެޖެންޓުންގެ ނެޓްވޯކާ ގުޅޭ 200 ވަނަ އެޖެންޓަށް މަރުހަބާ ކިޔުމަށް ދިއްފުށްޓަށް އާދެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ޚާއްސަ އުފަލެއް. މި މުހިންމު ޚިދުމަތުގެ ސަބަބުން ރައްޔިތުންނަށް އިތުރު އުނދަގުލެއް ނެތި ނުވަތަ ބޭންކުގެ ބްރާންޗެއް ހުންނަ ރަށަކަށް ނުގޮސް، ފަސޭހަކަމާއެކު ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގޭނެ.”

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 200 ކޭޝް އޭޖެންޓުން، 20 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓު ގާއިމުކޮށްފަ އެވެ.

މީގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.