“އަހަރެންގެ ބޭންކް” ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް

ބީއެމްއެލް އިން އޭދަފުށީގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން
ބީއެމްއެލް އިން އޭދަފުށީގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހާރު ކުރިއަށްގެންދާ “އަހަރެންގެ ބޭންކް” ކެމްޕޭނުގެ ދަށުން ބ. އޭދަފުށީގައި މިއަދު ހަވީރު ކުޑަކުދިންގެ ހަވީރެއް ބާއްވައިފި އެވެ.

މިއަދު ހަވީރު ދެނކުނު ފަރާތު ހިއްކި ބިމުގައި ކުރިއަށް ގެންދިޔަ މި ހަވީރުގައި ކުޑަކުދިންނަށް ޚާއްސަ ތަފާތު ކުޅިވަރުތައް ކުރިއަށް ގެންދިޔަ އެވެ. އެ ކޫލިވަރުތަކާއި މި އިވެންޓް އިންތިޒާމުކުރީ އޭދަފުށީ ކްލަބް ކޮމްބިނޭޝަންގެ ފަރާތުންނެވެ.

ބީއެމްއެލް އިން އޭދަފުށީގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން
ބީއެމްއެލް އިން އޭދަފުށީގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން

ގިނަ އަދަދެއްގެ ކުޑަކުދިން ޒިޔާރަތްކުރި މި ހަވީރުގައި ކުޑަކުދިންނާ ގުޅުންހުރި އަދި ބޭނުންތެރި ތަކެތި ހަދިޔާގެ ގޮތުގައި ދިނެވެ. އެގޮތުން ހަވީރަށް ދިޔަ ކޮންމެ ކުޑަކުއްޖަކަށް ވަނީ ހަދިޔާ ދީފަ އެވެ.

މި ކެމްޕޭނު ލޯންޗުކުރި ފަހުން ބީއެމްއެލް އިން ދަނީ ކޮންމެ ދުވަހަކުވެސް ތަފާތު އެކި ހަރަކާތްތައް ހިންގަމުންނެވެ.

ބީއެމްއެލް އިން އޭދަފުށީގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން
ބީއެމްއެލް އިން އޭދަފުށީގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން

ބީއެމްއެލް އިން މިހާރު ކުރިއަށްގެންދާ “އަހަރެންގެ ބޭންކް” ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބޭންކުން ފޯރުކޮށް ދޭ އާއްމުންނާ ގުޅުންހުރި ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމާއި އެ ކަންކަމުން މުޖުތަމައު އަށް ކުރާ ފައިދާތައް ކިޔައިދިނުމެވެ. ބޭންކާއި އާއްމުންނާ އޮންނަ ގުޅުން ބަދަހި ކުރަން ހިންގާ މި ކެމްޕޭނުގެ ދަށުން މި މަހުގެ ކޮންމެ ދުވަހަކު ވެސް އާއްމުންނާ ގުޅުންހުރި ހަރަކާތެއް އެ ބޭންކުން ދަނީ ހިންގަމުންނެވެ.

ބީއެމްއެލް އިން އޭދަފުށީގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން
ބީއެމްއެލް އިން އޭދަފުށީގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.