ގޮއިދޫ އަންހެންވެރިންނަށް “ސަޕްރައިޒް” އެއް

ކަސްރަތު މައިޒާން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ / ފޭސްބުކް
ކަސްރަތު މައިޒާން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ / ފޭސްބުކް

ބ. ގޮއިދޫގެ އަންހެންވެރިންނަށް އެރަށުގެ ފިރިހެނުންގެ ފަރާތުން ކަސްރަތު މައިޒާނެއް ހަދައި ހަދިޔާކޮށްފި އެވެ.

އާންމުކޮށް އެންމެންނަށް ވެސް ބޭނުން ކުރެވޭނެގޮތަށް ގޮއިދޫގެ ދެކުނު ފަރާތު ބީޗް ސަރަހައްދުގައި ގާއިމްކުރި މި ކަސްރަތު މައިޒާނުގައި ކަސްރަތު ކުރުމަށް ހާއްސަ ތަނެއްގެ އިތުރުން ރަށުގެ ބަނދަރު ސަރަހައްދުގަިއ ވަނީ ފަސޭހައިން މޫދަށްއެރޭ ސަރަހައްދެއްވެސް ހަދައިފަ އެވެ.

ކަސްރަތު މައިޒާން ހުޅުވައި ދެއްވީ، ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު ޝިނާނެވެ.

ފަސޭހައިން މޫދަށްއެރޭ ގޮތަށް ގޮއިދޫ ބަނދަރު ސަރަހައްދުގައި ހެދި ސިޑި
ފަސޭހައިން މޫދަށްއެރޭ ގޮތަށް ގޮއިދޫ ބަނދަރު ސަރަހައްދުގައި ހެދި ސިޑި

ބ. ގޮއިދޫން ވާހަކަ ދެއްކި އަންހެނަކު ބުނި ގޮތުގައި އިއްޔެ އެރަށުގައި ހުޅުވި ކަސްރަތު މައިޒާނަކީ މީގެ ދެތިން ދުވަސްކުރިން ކަސްރަތު ކުރަންދާ އަންހެންވެރިން ވެގެން ވަރަށް އާދައިގެ ގޮތަކަށް ހަދަން ނިންމި ތަނެއް ކަމަށެވެ.

އޭނާ ބުނި ގޮތުގައި އެ ރަށުގައި ވަރަށް ގިނަ ބަޔަކު ކަސްރަތުކުރަން ނުކުމެ އުޅެ އެވެ. ނަމަވެސް ކަސްރަތު ކުރަން ތިބެން ޖެހެނީ މަގުމަތީގައި ކަމަށްވުމުން ދުއްވާ އެއްޗެތީގެ އުނދަގު ވަރަށްބޮޑެވެ.

“އެހެންވެ އެންމެން ވެގެން ނިންމީ މަގުގެ އެއްފަޅިން ކޮންމެވެސް ދިމާލެއްގެ ތަނެއް އެކަމަށް ހާއްސަކުރަން. ދެން އެންމެން ވާހަކަ ދައްކައިގެން ނިންމީ ކަސްރަތު މައިޒާނެއް އަހަރެމެންގެ ފެންވަރުން ހަދަން،”

“ފުރަތަމަ ފިރިހެނަކާއެކު އެތަނުގެ ވަށައިގެން ހައެއްކަ މުޑި ޖެހީ. ދެން އިއްޔެ ހެނދުނު ހައެއްޖެހިއިރު ޖޮގިންއަށް ދިޔަ އިރު ހުރީ އެއްކޮށް އެތަން ނިންމާލަދީފަ، ބުނަންވެސް ނޭނގިފައި ތިބީ، އަޅުގަނޑުމެންނަށް އަދިވެސް ނޭނގޭ މިތަން ހަދައި ނިންމައިދިން ބައެއް. މިތިބީ ހަމަ ވަރަށް ސަޕްރައިޒްވެފައި،” އުފަލުންހުރެ އޭނާ ބުންޏެވެ.

ގޮއިދޫ ކައުންސިލުން ބުނީ ކަސްރަތުކުރާ މައިޒާނަކާއި، މޫދަށް އެރޭ ސަރަހައްދަކީ އެރަށުގެ ފިރިހެނުން އަމިއްލަ ޖީބުން ހަރަދުކޮށްގެން އެމީހުންގެ މަސައްކަތުން ރައްޔިތުންނަށް ޚާއްސަކޮށް އަންހެން ވެރިންނަށް ކޮށްދިން ހަދިޔާއެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.