އޭދަފުށީގައި ނިޔަމި ކޯހުގެ ކޯހެއް ފަށަނީ

އޭދަފުށީ ބަނދަރުމަތި. މިރަށުގައި ފަށާ ނިަމި ކޯހުގައި ބައިވެރިވުމަށް ވަނީ ފުރުސަތު ހުޅުވާލައިފައި  | ފޮޓޯ / ރާއިފް ޔޫސުފް
އޭދަފުށީ ބަނދަރުމަތި. މިރަށުގައި ފަށާ ނިަމި ކޯހުގައި ބައިވެރިވުމަށް ވަނީ ފުރުސަތު ހުޅުވާލައިފައި | ފޮޓޯ / ރާއިފް ޔޫސުފް

ކްލަބް ދަ ބިގިނާސް އާއި މެރިޓައިމް ސްޓަޑީޒް ގުޅިގެން ބ. އޭދަފުށީގައި ނިޔަމި ކަމުގެ ކޯހެއް ފަށަން ތައްޔާރުވެއްޖެ އެވެ.

ސެޓްފިކެޓް ލެވެލް ދޭއްގެ ފެންވަރަށް 4 ދުވަހުގެ މުއްދަތަށް ހިނަގާ އެކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަންނޯޓް ކުރުމުގެ ފުރުސަތު އެ ކްލަބުން މިހާރުވަނީ ހުޅުވާލައިފަ އެވެ. ކޯސް ކުރިއަށްދާނީ މިމަހުގެ 15-19 އަށެވެ.

މި ކޯހުގަިއ ފީއެއްގެ ގޮތުގައި ކޮންމެ ބައިވެރިއެއްގެ އަތުން ނަގަނީ-/1500ރ. އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލާފައިވާ ނިޔަމި ކަމުގެ ކޯހުގެ މިންގަނޑަށް ކުރިއަށް ގެންދާ ކޯހުގައި މައިގަނޑު ހަތަރު ބައެއް ކިޔަވައިދޭނެ އެވެ. އޭގެތެރޭގައި ނެވިގޭޝަނާއި ސޭފްޓީ އާއި ކޮމިއުނިކޭޝަން އަދި ރެގިއުލޭޝަން ހިމެނެ އެވެ.

ކޯހުގައި ބައިވެރިވާން ބޭނުންވާ މީހުން 9626275 ނަމްބަރަށް ގުޅުމުން ނަންނޯޓް ކުރެވޭނެ ކަމަށް ދަ ބިގިނާސް އިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.