ރެސްޓޯރަންޓް ނުހުޅުވައި ލަސްވަނީ ބައެއް ހުއްދަތައް ނުލިބޭތީ

ސަލްސާއިން އޭދަފުށީގައި ހުޅުވައް ތައްޔާރުވަމުން އަންނަ ރެސްޓޮރަންޓް. އަންނަ މާޗުމަހު މިތަން ހުޅުވާނެ ކަމަށް ސަލްސާއިން ބުނޭ.. ފޮޓޯ / ރާއިފް ޔޫސުފް
ސަލްސާއިން އޭދަފުށީގައި ހުޅުވަން ތައްޔާރުވަމުން އަންނަ ރެސްޓޯރަންޓް. އަންނަ މާޗުމަހު މިތަން ހުޅުވާނެ ކަމަށް ސަލްސާއިން ބުނޭ.. ފޮޓޯ / ރާއިފް ޔޫސުފް

އޭދަފުށީ މަލްޓިޕާޕަސް އިމާރާތުގައި، ހަދާފައިވާ ސަލްސާގެ ރެސްޓޯރަންޓު ނުހުޅުވި ލަސްވަނީ ބައެއް ހުއްދަތައް ނުލިބި ލަސްވާތީ ކަމަށް ސަލްސާ އިންވެސްޓްމަންޓުން ބުނެފި އެވެ.

ސަލްސާ ބްރޭންޑް އޭދަފުއްޓަށް ތައާރަފުކުރުމުގެ ގޮތުންނާއި ކުޅިވަރަށް އިތުރު ކުރިއެރުމެއް ގެނެވޭނެކަމުގައި އުއްމީދުގައި ހެދި ރެސްޓޯރަންޓުގެ ހުރިހާ މަސައްކަތެއްހެން މިހާރު ވަނީ ނިމިފަ އެވެ. ސަލްސާއިން ކުރިން ބުނީ މިދިޔަ މަހުތެރޭ އެތަން ހުޅުވާނެ ކަމަށެވެ.

ސަލްސާއިން އޭދަފުށީގައި ހުޅުވައް ތައްޔާރުވަމުން އަންނަ ރެސްޓޯރަންޓް. ފޮޓޯ / ރާއިފް ޔޫސުފް
ސަލްސާއިން އޭދަފުށީގައި ހުޅުވަން ތައްޔާރުވަމުން އަންނަ ރެސްޓޯރަންޓް. ފޮޓޯ / ރާއިފް ޔޫސުފް

ސަލްސާ އިންވެސްޓްމަންޓްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާމިރު (ސަލްސާ އާމިރު) މިއަދު ވިދާޅުވި ގޮތުގައި ރެސްޓޯރަންޓް ހިންގަން ސަރުކާރުގެ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި މިއަދު ނޫނީ މިހަފްތާތެރޭ އެ ހުއްދަތައް ލިބޭނެ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.

ސަލްސާ އޭދަފުށީ ރެސްޓޯރަންޓްވެސް ހަދާފައިވަނީ މާލޭގައި ހުންނަ ސަލްސާގެ ރެސްޓޯރަންޓްތައް ހުރި ކޮންސެޕްޓަށެވެ. އެތަން ތަރައްގީކޮށްފައިވަނީ 28 ގޮނޑީގެ ވީއައިޕީ ރޫމަކާއެކު އެންމެ މަތީ ފަންތީގެ މީހުންނަށްވެސް ޚިދުމަތްދެވޭ ފެންވަރަށެވެ. އެ ރެސްޓޯރަންޓްގައި އެއްފަހަރާ 100 މީހުންނަށް ހިދުމަތް ދެވޭނެ ކަމަށް ސަލްސާއިން ބުނެއެވެ.

 

salsa

އެ ރެސްޓޯރަންޓް ހުޅުވުމާއެކު، ބ. އަތޮޅުގައި ހުރި އެންމެ ރީތި އަދި އެންމެ ހިތްގައިމު އެއް ރެސްޓޯރަންޓަށް އެތަން ވާނެ ކަމަށާއި މިހާރު މަސައްކަތް ކުރަނީ އަންނަ މާޗުމަހުތެރޭ އެތަން ހުޅުވުމަށް ކަމަށް ސަލްސާއިން ބުންޏެވެ.

މީގެ ކުރިން “ކޮރަލް ޕާކް ރެސްޓޯރަންޓް” ގެ ނަމުގައި އެތަނުގައި ރެސްޓޯރަންޓް ހިންގީ އެޓޯލްކިއުޓް ގްރޫޕުންނެވެ. ނަމަވެސް އެތަނުގެ މުއްދަތު ހަމަވުމާ ގުޅިގެން މިދިޔަ އަހަރު ފަހުކޮޅު އެތަން އަލުން ބިޑަށް ހުޅުވާލުމުން އެ ބިޑު ކާމިޔާބުކުރީ ސަލްސާ އިންވެސްޓްމަންޓުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.