ކިހާދޫ ވޮކޭޝަނަލް ޓްރޭނިން ސެންޓަރުގެ މަސައްކަތް ފަށައިފި

ކޯސްޓްލައިނުން ކިހާދޫގައި ގާއިމުކުރާ ވޮކޭޝަނަލް ޓްރޭނިން ސެންޓަރު އަޅަން ބިން ސާފުކުރަނީ. ފޮޓޯ | ޒުބައިރު/ފޭސްބުކް
ކޯސްޓްލައިނުން ކިހާދޫގައި ގާއިމުކުރާ ވޮކޭޝަނަލް ޓްރޭނިން ސެންޓަރު އަޅަން ބިން ސާފުކުރަނީ. ފޮޓޯ | ޒުބައިރު/ފޭސްބުކް

ޒުވާނުން ހުނަރުވެރިކުރުވާ ވަޒީފާގެ ބާޒާރަށް ތަމްރީނުކުރުމަށް ބ. ކިހާދޫގައި ގާއިމުކުރުމަށް ނިންމާފައިވާ ވޮކޭޝަނަލް ޓްރޭނިން ސެންޓަރުގެ މަސައްކަތް ފަށައިފި އެވެ.

ބ. ކިހާދޫގައި ވޮކޭޝަނަލް ޓްރޭނިން ސެންޓަރެއް ގާއިމްކޮށް ހިންގުމަށްޓަކައި ކޯސްޓްލައިން ފައުންޑޭޝަނާއި ހަވާލުކުރީ މިދިޔަ އަހަރުގެ މާޗުމަހު ތެރޭގަ އެވެ. ޓްރޭނިން ސެންޓަރު ގާއިމުކުރުމަށް އެރަށުން 223500 އަކަފޫޓުގެ ބިމެއް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ.

ކިހާދޫ ކައުންސިލުން ބުނިގޮތުގައި ޓްރޭނިން ސެންޓަރުގެ މަސައްކަތް ކޯސްޓްލައިން އިން ފެށީ މިދިޔަ ހަފްތާ ތެރޭގައެވެ. އެގޮތުން މިހާރު ކުރިޔަށް ދަނީ އެ ސަރަހައްދުގެ ބިންސާފުކުރުމާއި، އިމާރާތްކުރަން ބޭނުންވާ ސާމާނު ޖަމާކުރުމުގެ މަސައްކަތްތައް ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.

ކޯސްޓްލައިނުން ކިހާދޫގައި ގާއިމުކުރާ ވޮކޭޝަނަލް ޓްރޭނިން ސެންޓަރު އަޅަން ބިން ސާފުކުރަނީ. ފޮޓޯ | ޒުބައިރު/ފޭސްބުކް
ކޯސްޓްލައިނުން ކިހާދޫގައި ގާއިމުކުރާ ވޮކޭޝަނަލް ޓްރޭނިން ސެންޓަރު އަޅަން ބިން ސާފުކުރަނީ. ފޮޓޯ | ޒުބައިރު/ފޭސްބުކް

އެޑިޔުކޭޝަން މިނިސްޓްރީން ބުނިގޮތުގައި އެ ބިމުގައި ވޮކޭޝަނަލް ޓްރެއިނިން ސެންޓަރެއް ގާއިމްކޮށް ހިންގުމަށް ކޯސްޓްލައިން ފައުންޑޭޝަނަށް ދޫކޮށްފައިވަނީ 20 އަހަރު ދުވަހަށެވެ.

ކިހާދޫގައި ވޮކޭޝަނަލް ޓްރެއިނިން ސެންޓަރެއް ގާއިމްކޮށް ހިންގުމަށް ކޯސްޓްލައިންއާ ބިމެއް ހަވާލުކުރީ، އެޑިޔުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ވަޒީފާގެ ބާޒާރުގައި ދިވެހި މަސައްކަތްތެރިންގެ ދައުރު ހަނިވެފައިވާތީ ތަފާތު ފަންނުތަކުން ދިވެހި ޒުވާނުން ތަމްރީނުކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކި، ވޮކޭޝަނަލް ޓްރެއިން ސެންޓަރެއް ގާއިމްކޮށް ހިންގުމުގެ ޝައުގުވެރިކަން އެ ކުންފުނިން ފާޅުކުރުމާއި ގުޅިގެންނެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ސެންޓަރު ގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ތަފާތު ދާއިރާތަކުން ހުނަރުވެރި ޒުވާނުން އުފެއްދުމުގެ ޕްރޮގްރާމްތައް ހިންގާނެ އެވެ. އަދި މައިގަނޑު ގޮތެއްގައި ހިންގުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުންހުރި ތަމްރީނުތައް ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.